އިންޑިއާއިން އޮމިކްރޮންގެ ދެ ކޭސްއެއް ފުރަތަމަ ފަހަރަށް ފެނިއްޖެ

އިންޑިއާއިން އޮމިކްރޮންގެ ދެ ކޭސްއެއް ފުރަތަމަ ފަހަރަށް ފެނިއްޖެ

Author
ހުސެއިން
02 ޑިސެމްބަރ 2021 05:09
0

އަވައްޓެރި އިންޑިއާއިން ކޯވިޑް19ގެ އޮމިކްރޯން 2 ކޭސްއެއް ފުރަތަމަ ފަހަރަށް ފެނިއްޖެ ކަމަށް އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

މިއީ، މުޅި ދުނިޔޭގައިވެސް ކަންބޮޑުވުން އުފެދިފައިވާ، ކޯވިޑް19 އޮމިކްރޮން ވޭރިއެންޓް އިންޑިއާގެ ބޯޑަރުގެ އެތެރެއިން ފެނުނު ފުރަތަމަ ފަހަރެވެ.

"މިހާތަނަށް ރިޕޯޓު ކޮށްފައިވަނީ އޮމިކްރޮން ވޭރިއެންޓުގެ ދެ ކޭސް، އަދި މި ދެކޭސްވެސް ފެނިފައިވަނީ ކަރުނާޓަކާ ސްޓޭޓްއިން،" ޔޫނިއަން ހެލްތު މިނިސްޓްރީގެ ޖޮއިންޓް ސެކެޓްރީ ލާވް އަގަރުވާލް މިއަދު ބޭއްވި ޕްރެސް ބްރީފިންއެއްގައި ވިދާޅޔވެފައި ވެއެވެ.

"މި ދެމީހުންގެ ޕްރައިމަރީ ކޮންޓެކްތައްވެސް އަދި ސެކަންޑަރި ކޮންޓެކްތައްވެސް ހޯދި، މިހާރުދަނީ ޓެސްޓު ކުރެވެމުން،" އޭނާ ވިދާޅުވިއެވެ.

ކަރުނާޓާކާގެ ޔޫނިއަން ސަރުކާރުންވަނީ މީހުން ބިރުނުގަތުމަށް އިލްތިމާސް ކޮށްފައެވެ. އަދި ވަނީ އާންމު ދިރިއުޅުމުގައިެވސް ކޯވިޑުން ރައްކާތެރިވުމަށްވެސް އިލްތިމާސް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.