ތާލިބާންއަށް ޔޫއެންއިން ޖާގައެއް ހަމަ ޖައްސައި ނުދިން

ތާލިބާންއަށް ޔޫއެންއިން ޖާގައެއް ހަމަ ޖައްސައި ނުދިން

Author
ހުސެއިން
02 ޑިސެމްބަރ 2021 04:55
0

ދުނިޔޭގެ އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ، އދ. އިން ތާލިބާންއަށާއި އަދި މިޔަންމާރއަށް ޖާގަ ދިނުމަށް އދ. ގެ އެކްރެޑިޓޭޝަން ކޮމިޓން ދެކޮލު ހަދާފައިވާ ކަމަށް އަފްއަނިސްތާންގެ ލޯކަލް މީޑިއާތަކުން ބުރާސްފަތި ދުވަހު ރިޕޯޓު ކޮށްފިއެވެ.

މީޑީއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މިހަފްތާގެ ބުދަ ދުވަހު ޔޫއެން ކޮމީޓީން ބައްދަލުކޮށް، އދ.ގައި، ތާލިބާންގެ ވެރިކަމެއް މިވަގުތު އޮތް އަފްއާނިސްތާނަށާއި، އަދި އަސްކަރީ ވެރިކަމެއް އޮތް މިޔަންމާގެ ޖާގަ އެ ޖަމިއްޔާގައި ފުރުމުގެ ފުރުސަތު މި ދެގައުމުގައި އޮތް ސަރުކާރަށް ދިނުން ފަސް ކުރުމަށް ވަނީ ނިންމާފައެވެ.

އެކްރެޑިޓޭޝަން ކޮމިޓގެ މިނިންމުމާއެކު، އިސްލާމިކް އެމިރޭޓް އޮފް އަފްއާނިސްތާނަށާއި، މިޔަންމާގެ މިލިޓަރީ ޖުންޓާއަށް އދ.ގެ 193 ގައުމުގެ މައްޗަށް އެކުލެވޭ އާންމު މަޖިލިހުގައި، ތަމްސީލުކުރުމުގެ ފުރުސަތު މިވަގުތަށް ލިބިގެނެއް ނުދާނެއެވެ.

އދ.ގެ މި ނިންމުން އައިސްފައިވަނީ، އަފްއާނިސްތާނުގައި އޮތް ތާލިބާންގެ ސަރުކާރުން ޔޫއެންއަށް ކަޑައެޅި ސޮހައިލް ޝަހީން، އަފްއާނިސްތާނުގެ ރައްޔިތުން އެގައުމު މިނިވަން ކޮށްފައިވާ ކަމަށާއި އެހެންކަމުން އދ.ގައި ތަމްސީލު ކުރުމުގެ ޖާގަ އެގައުމަށް ލިބެންވާނެ ކަމަށް ވިދާޅުވެ ޓުވީޓު ކުރެއްވިތާ މަދު ވަގުތު ކޮޅެއްގެ ތެރޭގައެވެ.

"މިނިވަން ދައުލަތެއް އޮތުމަކީ އަފްއާނިސްތާނުގެ ރައްޔިތުންގެ ހައްގެއް. އަދި މިއީ އެތައް އަހަރެއް ވަންދެން އެމީހުން ވެފައިވާ ގުރުބާނީއެއް. ކީއްވެ އެމީހުން ދަތިކުރުމުގެ ފިޔވަޅުތަކާއި، ޕެޝަރުތަކުގެ އަމާޒަކަށްވެސް، އަދި އެމީހުންނަށް ޔޫންއިން ގޮޑިއެއް ލިބުމުން މަހުރޫމް ވާންވީ؟" އޭނާ ޓުވީޓު ކޮށްފައި ވެއެވެ.

ހުޅަގުގެ ގިނަ ގައުމުތަކުންވެސް ވަނީ އަފްއާނިސްތާނުގައި އޮތް ތާލިބާން ސަރުކާރު ބަލައިގަތުމަށް ފަސްޖެހިފައެވެ. ގިނަ ގައުމުތަކުން ބުނެފައިވަނީ، ތާލިބާނުން ވެފައިވާ ވައުދުތަކާ އެއްގޮތަށް އިންސާނީ ހައްގުތަކަށް އެގައުމުން ހުރުމަތް ތެރިކޮށް ހިތުމަކީ، ތާލިބާން ސަރުކާރު ބަލައިގަތުމުގެ ޝަރުތެއް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.