ފުވައްމުލަކު ކޯވިޑް ފެސިލިޓިގައި ފަރުވާދެމުން އައި މީހަކު ނިޔާވެއްޖެ

ފުވައްމުލަކު ކޯވިޑް ފެސިލިޓިގައި ފަރުވާދެމުން އައި މީހަކު ނިޔާވެއްޖެ

ފުވައްމުލަކު ކޯވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ ދިވެއްސަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ މިއަދު މެންދުރުފަހު 2:55ހާއިރު ނިޔާވެފައިވަނީ އުމުރުން 79 އަހަރުގެ ދިވެހި އަންހެނެކެވެ.

މިއާއެކު ރާއްޖެއިންމިހާތަނަށް ކޯވިޑް ބަލީގައި ނިޔާވި މީހުންގެ ޢަދަދު ވަނީ 251 އަށް އަރާފައެވެ. ކޯވިޑް ބަލީގައި މިދިޔަ މަހުގެ 29ގައިވެސް ދެމީހަކު ވަނީ ނިޔާވެފައެވެ. އެދުވަހު ނިޔާވެފައިވަނީ ޢުމުރުން 90 އަހަރުގެ ދިވެހި ފިރިހެނަކާއި، 54 އަހަރުގެ ދިވެހި އަންހެނެކެވެ.

ރާއްޖެއިން މިހާތަނަށް 91000އަށް ވުރެ ގިނަ މީހުންނަށް ކޯވިޑް ޖެހިފައިވާއިރު މީގެ ތެރެއިން 89000އަށް ވުރެ ގިނަ މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑަށް ފަރުވާދެމުން އަންނަ 1،613 މީހުން އެބަތިއްބެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *