ސްޓެލްކޯއިން ތިނަދޫ އައު އިންޖީނުގޭ ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށްފި

ސްޓެލްކޯއިން ތިނަދޫ އައު އިންޖީނުގޭ ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށްފި

ސްޓެލްކޯއިން ތިނަދޫ އައު އިންޖީނުގޭ ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށްފިއެވެ.

ސްޓެލްކޯއިން ދަނީ އެކުންފުނީގެ ގްރީންލައިފް އިނިޝިއޭޓިވްގެ ދަށުން މާލޭގެ ގެތަކުގައާއި، އަތޮޅު ތެރޭގައިވެސް ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތްކުރަމުންނެވެ.

އެގޮތުން ވ.ތިނަދޫ އައު އިންޖީނުގޭ ފުރާޅުގައި މިހާރު ވަނީ 30kWp ގެ ސޯލާ ޕެނަލް އިންސްޓޯލްކޮށްފައި ވާކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. މިއީ އެކުންފުނިން ތެލަށް ބަރޯސާކުރާ މިންވަރު ކުޑަކޮށް ހަކަތަ ބޭނުން ކުރެވޭ މިންވަރު އިތުރު ކުރުމަށް ކުރި ކަމެކެވެ.

ސްޓެލްކޯއިން ދަނީ އެކުންފުނިން ޚިދުމަތްދޭ ރަށްތަކުގައި ހިންގާ އިންޖީނުގެތަކުގައި ސޯލާ ޕެނަލް ހަރުކޮށް، ތެލަށް ކުރެވޭ ޚަރަދު ކުދަކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި އެކުންފުނިން ވަނީ ސްޓެލްކޯގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ސޯލާ ޕެނަލް ގަނެވޭނެ ޚާއްސަ ސްކީމެއް މިދިޔަ އަހަރު ތަޢާރަފް ކޮށްފައެވެ.

ސްޓެލްކޯއިން ވިއްކާ ސޯލާ ޕެނަލްގެ އަގަކީ 30000 ރުފިޔާއެވެ. އިންސްޓޯލްމަންޓް އުސޫލުން މި ސްކީމުގައި ސޯލާ ޕެނަލް ގަނެވޭއިރު 3 ޕެކޭޖެއް މި ސްކީމުގައި ހިމެނެއެވެ. އެގޮތުން 3 އަހަރުގެ މުއްދަތަކަށް ބަހާލައިގެން ދެއްކޭގޮތަށް ހަމަޖައްސާފައިވާ ޕެކޭޖުގައި މަހެއްގެ މައްޗަށް އަށްސަތޭކަ އަށްޑިހަ އެއް ރުފިޔާ ދައްކަން ޖެހެއެވެ. 5 އަހަރުގެ މުއްދަތަށް ބަހާލައިގެން ފައިސާ ދެއްކޭ ގޮތަށް ހަމަޖައްސާފައިވާ ޕެކޭޖުގައި ކޮންމެ މަހަކު ހަސަތޭކަ އަތަރު ރުފިޔާ ދައްކަންޖެހެއެވެ. އަދި 7 އަހަރު ދުވަހަށް ހަމަޖައްސާފައިވާ ޕެކޭޖުގައި މަހަކު ހަތަރު ސަތޭކަ އަށްޑިހަ ފަސް ރުފިޔާ ދައްކަންޖެހޭކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ. އަދި މިއިން ކޮންމެ ޕެކޭޖެއް ނަގާއިރުވެސް ޑައުންޕޭމަންޓެއްގެ ގޮތުގައި 5000 ރުފިޔާ ދައްކަން ޖެހޭކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.

މި ސްކީމް އިފްތިތާޙްކޮށްދެއްވާ ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ ސްޓެލްކޯގެ ގްރީން ލައިފް އިނީޝިއޭޓިވްގެ ދަށުން މި ސްކީމް ތަޢާރަފުކޮށް ސޯލާ ޕެނަލް ދޫކުރުމުގެ މަޤްޞަދަކީ ކަރަންޓު އުފެއްދުމަށް ކުރާ ހޭދަ ކުޑަކޮށް ބިލުތައް ކުޑަކުރުންކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *