ޖެންޑާގެ ސިވިލްސާވިސް 21 މުވައްޒަފަކު ވަކިކޮށްފި

ޖެންޑާގެ ސިވިލްސާވިސް 21 މުވައްޒަފަކު ވަކިކޮށްފި

Author
މުޙައްމަދު ޝަޒައިމް
01 ޑިސެމްބަރ 2021 02:54
0

ޖެންޑާ މިނިސްޓްރީގެ 21 ސިވިލްސާވިސް މުވައްޒިފަކު ވަޒީފާއިން ވަކިކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ މި 21 މުވައްޒިފުން ވަޒީފައިންނަކީ ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި މަސައްކަތް ކުރަމުންދާ މުވައްޒިފުންނެވެ. ހިޔާގައި ތިބި ކުދިން ހުސްކުރުމަށްފަހު އެތަނުގައި މަސައްކަތް ކުރި 71 މުވައްޒަފުންނަށް މިދިޔަ ޑިސެމްބަރު މަހުގައި ނޯޓިސް ދީފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ބައެއް މުވައްޒިފުން މިހާރުވެސް ޖެންޑާގެ އެކި ވަޒީފާތަކުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. މިއަދު ވަޒީފާއިން ވަކިކުރި 21 މުވައްޒަފުންނަކީ ސިވިލްސާވިސްއުން ނިންމުނިމެއް ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ މުވައްޒަފުން ވަކިކުރީ ހިޔާގައި ތިބި ކުދިން އަތޮޅު ތެރޭގައި ގާއިމުކޮށްފައިވާ އަމާން ވެއްޓަށް ބަދަލު ކުރުމުން، ހިޔާގައި ކުދިން ބަލަހައްޓަން ގިނަ މުވައްޒަފުން ބޭނުންނުވާތީ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ކުއްލި ގޮތަކަށް މުވައްޒިފުން ވަކި ކުރުމާއި ގުޅިގެން އެމުވައްޒިފުންގެ ހައްގު ހޯދުމަށް ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކަށް ދިއުމަށް މަސައްކަތް ކުރަމުންދާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސާހާ
ޖެންޑާ މިނިސްޓްރީއަކީ ދިވެހިރާއްޖޭގެ ނިކަމެތިން ނައް ފާވި ވަބާއެއް