ފަނޑިޔާރުކަމުން ޢަލީ ރަޝީދު މިހާރުން މިހާރަށް ވަކި ކުރަންޖެހޭ: އަދުރޭ

ފަނޑިޔާރުކަމުން ޢަލީ ރަޝީދު މިހާރުން މިހާރަށް ވަކި ކުރަންޖެހޭ: އަދުރޭ

Author
މުޙައްމަދު ޝަޒައިމް
01 ޑިސެމްބަރ 2021 08:49
0

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ހުކުމް އިއްވެވި ފަނޑިޔާރު، އަލީ ރަޝީދު ފަނޑިޔާރުކަމުން ވަކި ކުރަންޖެހޭ ކަމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަނީލޯންޑްރިންގެ ދައުވާ ސާބިތު ނުވާ ކަމަށް ކަނޑައަޅައި, ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޚުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފައެވެ.

ދަށު ކޯޓުން އަލީ ރަޝީދު އިއްވި ހުކުމް ބާތިލް ކުރުމާއި ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ އަލީ ރަޝީދު ފަނޑިޔާރުކަމުގެ މަޤާމުން ވަކި ކުރަންޖެހޭކަމަށެވެ. އަލީ ރަޝީދު ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ބޮޑެތި ފާޑުކިޔުން ވަނީ އޭނާއަށް އަމާޒުވެފައެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީނަށް ޙުކުމް ކުރި ފަނޑިޔާރު ޢަލީ ރަޝީދު މިހާރުން މިހާރަށް ވަކި ކުރަންޖެހޭ.

– އަބްދުއްރަހީމް ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީއެއްގެ ގޮތުގައި ކުރިން ހުންނެވި އަލީ ރަޝީދުވަނީ ރައީސް ޔާމީނަށް ހުކުމް ކުރެއްވި ފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރައްވާފައެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރައްވާ ގޮތުގައި މިއީ އަލީ ރަޝީދު ރައީސް ޔާމީނަށް ހުކުމް ކުރުމަށް ދެއްވާފައިވާ ހަދިޔާއެކެވެ. ކުރިން ސިވިލް ކޯޓްގެ އިސް ގާޒީކަން ވެސް ކުރެއްވި އަލީ ރަޝީދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރެއްވި ގާޒީ އެވެ. އަދި އަލީ ރަޝީދަކީ ފެހި ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށި ފަހުން ފުރަތަމަ މަރުގެ ހުކުމެއް އިއްވެވި ގާޒީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.