ސައުތު ކޮރެއާގައި ރެކޯޑް އަދަދަކަށް ކޯވިޑަށް މީހުން ޕޮޒިޓިވް ވެއްޖެ، އޮމިކްރޯންއާއި ގުޅުން ހުރިތޯ ބަލަނީ

ސައުތު ކޮރެއާގައި ރެކޯޑް އަދަދަކަށް ކޯވިޑަށް މީހުން ޕޮޒިޓިވް ވެއްޖެ، އޮމިކްރޯންއާއި ގުޅުން ހުރިތޯ ބަލަނީ

Author
ހުސެއިން
01 ޑިސެމްބަރ 2021 08:49
0

މި ހަފްތާގެ އަންގާރ ދުވަހު އެކަނިވެސް ސައުތު ކޮރެއާގައި 5,123 މީހުން ކޯވިޑަށް ޕޮޒިޓިވްވި ވެފައިވާކަމަށް ކޮރެއަން ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އޭޖެންސީ (KDCA) އިން ހާމަ ކޮށްފިއެވެ.

މިއީ ސައުތު ކޮރެއާގައި މިހާތަނަށް އެންމެ ގިނަ އަދަދަކަށް ކޯވިޑަށް މީހުން ޕޮޒޓިވް ވި ދުވަހެވެ.

KDCAއިން ހާމަ ކޮށްފައިވާ ގޮތުގައި، ސައުތު ކޮރެއާގައި 5،075 މީހުން އެގައުމުގެ އެތެރޭގެ ޓްރާންސްމިޝަންތަކުން ޕޮޒިޓިވް ވެފައިވާ ކަމުގައެވެ. މީގެ ތެރެއިން 4,110 މީހުން ޕޮޒިޓިވެ ވެފައިވަނީ، ވެރިރަށް ސޯލްގެ އެންމެ ކާރޫބާރޫ ބޮޑު ސަރަހައްދުގައެވެ.

އަދި ހަމަ އެއާއެކު، ސައުތު ކޮރެއާގައިވަނީ ކޮވިޑް ބަލީގައި އަލަށް 34 މީހަކު މަރު ވެފައެވެ. އެއާއެކު، މިބަލީގައި ސައުތު ކޮރެއާގައި މަރުވި މީހުންގެ އަދަދު ވަނީ، 3,658 އަށް އަރާފައިކަމަށް KDCA އިން ހާމަ ކޮށްފައި ވެއެވެ.

މިގޮތުން މިހާތަނަށް ސައުތު ކޮރެއާގައިވަނީ ޖުމްލަ 452,350 މީހުން ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.

މި ހަފްތާގެ ބުދަ ދުވަހާއި ހަމައަށް ސައުތު ކޮރެއާގެ އާބާދީގެ %82.9 އަށް ވަނީ މަދުވެގެންއެއް ޑޯޒްގެ ވެކްސިން ދީފައެވެ. އަދި އާބާދީގެ %79 އަށްވަނީ ދެޑޯޒްގެ ވެކްސިން ދީ ފުރިހަމަ ކޮށްފައެވެ.

ސައުތު ކޮރެއާގައި ކުއްލިއަކަށް ކޯވިޑްޖެހޭ މީހުންގެ އަދަދު މައްޗަށް ދިއުމާއި ގުޅިގެން، ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދަށް މިއައި ކުއްލި ބަދަލަކީ، ދުނިޔެއިން އަލަށް ތައާރަފްވެފައިވާ ކޯވިޑް19ގެ އޮކިމްރޯން ވޭރިއެންޓާއި ގުޅުންހުރި ބަދަލެއްތޯ ތަހުގީގު ކުރުމުގެ މަސައްކަތް މިހާރު ކުރިޔަށް ދާކަމަށް ސައުތު ކޮރެއާއިން ވަނީ ބުނެފައެވެ. އަދި އޮމިކްރޯންއަށް ޝައްކު ކުރެވޭ ދެ މީހެއްގެ ސާމްޕަން މިހާރު ތަހުލީލް ކުރެވެމުންދާ ކަމަށާއި، މި ސާމްޕަލްތަކުގެ ނަތީޖާ މި ހަފްތާގެ ބުދަ ދުވަހު ލިބޭނެކަންވެސް ވަނީ ހާމަ ކޮށްފައެވެ.

ފާއިތުވެދިޔަ ހަފްތާގައި ދެކުނު އެފްރިކާއިން ފެނިފައިވާ ކޯވިޑް19ގެ އާ ވޭރިއެންޓް، އޮމިކްރޯންއާއި ގުޅުންހުރި މާގިނަ މައުލޫމާތުތަކެއް އަދިވެސް ސައިންސްވެރިން އާންމު ކޮށްފައެއް ނުވެއެވެ. އަދި ސައިންސްވެރިން އަދިވެސް ދަނީ މި ވޭރިއެންޓްގެ ނުރައްކާތެރިކަން ދެނެގަތުމަށާއި، އަދި މިހާރު ހުރި ވެކްސިންތަކުން މި ވޭރިއެންޓަށް ދެވޭނެ ފަރުވާގެ މިންވަރު ދެނެގަތުމަށް މަސައްކަތް ކުރަމުންނެވެ.

ސައުތު ކޮރެއާގައި ކޯވިޑަށް ޕޮސިޓިވް ވާ މީހުންގެ އަދަދު ކުއްލިއަކަށް މައްޗަށް ގޮސްފައިވާއިރު، އަވައްޓެރި ޖަޕާންއިންވަނީ ފުރަތަމަ ފަހަރަށް އޮމިކްރޯން ވޭރިއެންޓް ފެނިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.