ޑޮނަލްޑް ޓްރަމްޕް އަދި ޖޯ ބައިޑްން

އެމެރިކާގެ ނިންމުން: ބައިޑްން ނިއުޔޯކު ސިޓީ ކާމިޔާބު ކޮށްފި

އެމެރިކާގެ ނިންމުން: ބައިޑްން ނިއުޔޯކު ސިޓީ ކާމިޔާބު ކޮށްފި

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުގުނުން ކުރިޔަށް ދާއިރު، ގިނަބައެއްގެ ޝައުގުވެރިކަން ވަރަށް ބޮޑަށް ގުޅިފަ ހުރީ އިލެކްޓޯރަލް ވޯޓުތައް ގިނަ އަދި ވާދަވެރިކަން ބޮޑު ބައެއް ސްޓޭޓްތައް ކަމުގައިވާ ނިއުޔޯކު ސިޓީ އަދި ފްލޮރިޑާފަދަ ސްޓޭޓްތަކަށެވެ.

މިހާރުގެ ހިސާބުތަކުން ދައްކާ ގޮތުގައި 29 އިލެކްޓޯރަލް ވޯޓުގެ މައްޗަށް އެކުލެވޭ ނިއުޔޯކު ސިޓީ ޖޯ ބައިޑްން ކާމިޔާބު ކުރާނެއެވެ.

2016 ވަނަ އަހަރު ނިއުޔޯކު ސިޓީ ކާމިޔާބު ކޮށްފައިވަނީ ޑޮނަލްޑް ޓްރަމްޕާއި އޭރު ވާދަކުރެއްވި ހިލަރީ ކުލިންންޓަނެވެ.

އެމެރިކާގެ 50 ސްޓޭޓްގެ ތެރެއިން ކެލިފޯނިޔާއަށްފަހު ދެންމެ އެންމެ ގިނައިން އިލެކްޓޯރަލް ވޯޓު ހިމެނިފައި ވަނީ ޓެކްސަސްގައެވެ. ކެލިފޯނިއާގައި 55 އިލެކްޓޯރަލް ވޯޓު ހިމެނޭއިރު ޓެކްސަސް ކާމިޔާބު ކުރާ ކެޑިޑޭޓަކަށް 38 އިލެކްޓޯރަލް ވޯޓު ލިބިގެންދާނެއެވެ.

އިލެކްޓޯރަލް ވޯޓު ގިނަ ސިޓީއެއް ކަމުގައިވާ އޯހިއޯ ސިޓީގައިވެސް ދެ ކެޑިޑޭޓުން ވަރަށް ކައިރި ކައިރިން ވާދަ ކުރާނެ ކަމަށް ބެލެވެއެވެ. ފަހުގެ އެއްވެސް ތާރީޚެއްގައި އޯހިއޯ ސްޓޭޓް ކާމިޔާބު ނުކުރެވި، އެއްވެސް ރިޕަބްލިކަން ކެޑިޑޭޓަކަށް އިންތިޚާބު ކާމިޔާބުކުރެވިފައެއް ނުވެއެވެ. އަދި މީގެ އިތުރުން 29 އިލެކްޓޯރަލް ވޯޓުގެ މައްޗަށް އެކުލެވޭ ފްލޮރިޑާ ސްޓޭޓުގ %80 ވޯޓު ގުނާ ނިމުނު އިރު ދެ ކެޑިޑޭޓުންވެސް ވާދަކުރަމުން ދަނީ ދަދި ހަމަހަމައިގައެވެ.

އެމެރިކާގެ ރައީސް އަދި ނާއިބު ރައީސް އިންތިޚާބު ކުރުމަށް ބޭއްވޭ އިންތިޚާބުގެ ނަތީޖާ އިއުލާން ކުރެވެމުންދާއިރު، ނަތީޖާގެ މައިގަޑު އަމާޒަކީ ކޮންމެ ކެޑިޑޭޓަކުވެސް ޔަގީން ކުރާ އިލެކްޓޯރަލް ވޯޓުގެ އަދަދު ސާފުވެގެން ދިއުމެވެ.

މިގޮތުން އެމެރިކާގެ ހުރިހާ ސްޓޭޓަކަށް ކަޑައެޅިފައިވާ 538 އެލެކްޓޯރަލް ވޯޓުގެ ތެރެއިން އިންތިޚާބު ކާމިޔާބު ކުރާ ކެޑިޑޭޓު 270 އިލެކްޓޯރަލް ވޯޓު ކަށަވަރު ކުރަން ޖެހެއެވެ.

އެންމެފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މި އިންތިޚާބުގައި ވޯޓު ލެވޭނެ ކަމަށް ބެލެވެނީ އެމެރިކާގެ %67 ރައްޔިތުންނެވެ.

ޓްރަމްޕް ކެމްޕޭންގެ ފަރާތުން ވޯޓު ލާމަރުކަޒުތައް ބަންދު ނުކުރުމަށްއެދި ނެވާޑާގެ ޑިސްޓްރިކްޓް ކޯޓަށް ހުށެހެޅި މައްސައަކާއި ގުޅިގެނ ކޯޓުގެ ފަޑީޔާރު ވަނީ ނެވާޑާ ސްޓޭޓްގެ ވޯޓު ފޮށިތައް ބަންދު ނުކޮށް ބެހެއްޓުމަށް އަމުރު ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން އެ ސްޓޭޓުގެ ނަތީޖާ ހަމަ ޖެހިފައިއޮތް ގަޑިއަށްވުރެ 1 ގަޑިއިރު ލަސްވާނެކަމަށް ސްޓޭޓުން މައުލޫމާތު ދެއެވެ.

ޕެންސެލްވޭނިއާފަދަ ބޮޑެތި ސްޓޭޓްތަކުގައި ވޯޓުލުން ކުރިޔަށް ގޮސްފައިވަނީ ވަރަށް ލަހުންނެވެ. މާސްކު އަޅައިގެން ގިނަ ބަޔަކު ވޯޓު ލުމަށްޓަކައި ކިޔުގައި ގިނައިރު ހޭދަކުރަން ޖެހިފައިވަނީ، ދުރާލާ ވޯޓުލާން ހުޅުވާލި ފުރުސަތުގައި މި ސިޓީގައި ވޯޓު ލީމީހުންގެ އަދަދު މަދުވުމުގެ ސަބަބުންނެވެ.

މިފަހަރުގެ އިތިޚާބުގައި ވޯޓުލާދުވަހުގެ ކުރިން 100 މިލިއަނަށްވުރެ ގިނަ މީހުންވަނީ ވޯޓުލާފައެވެ. ދުރާލާ ވޯޓުލާ މީހުންގެ އަދަދު މިއިންތިޚާބުގައި އިތުރުވެގެން ގޮސްފައިވަނީ، ކޯވިޑް19 ކާރިސާގެ ސަބަބުން، ޕޯސްޓު (މެއިލް-އިން-ބެލޮޓު) މެދުވެރިކޮށް ދުރާލާ ވޯޓު ލުމަށް އެމެރިކާގެ ސިއްޙީ އިދާރާތަކުން މިކަމަށް ބާރުއަޅާފައި ވަނިކޮށެވެ. އަދި ވަކިން ޚާއްސަކޮށް ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެޑިޑޭޓު، ކުރީގެ ނާއިބު ރައީސް ޖޯ ބައިޑްންގެ ކެމްޕޭއިންއިން ވަނީ މިކަމަކަށް ބާރުއަޅާ އެތަކެއް ކެމްޕެއިންތަކެއް ކޮށްފައެވެ. އެހެންނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވަމުން ގެންދެވީ ޕޯސްޓު މެދުވެރިކޮށް ގިނަ އަދަދެއްގެ ބަޔަކު ވޯޓު ލާން ނިކުތުމަކީ ވޯޓު އޮޅުވާލުމަށް ލިބޭ ފުރުސަތެއްކަމަށެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރިން ވޯޓުލާ މީހުންގެ އަދަދު އިތުރުވެގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން މިއިންތިޚާބުގައި ރެކޯޑު އަދަދަކަށް މީހުން ވޯޓުލާން ނިކުތުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މިގޮތުން މި އިންތިޚާބުގައި 150 މިލިއަން މީހުން ވޯޓުލާނެކަމަށް މިހާރު ދަނީ ބެލެވެމުންނެވެ. މިއަދަދަށް މީހުން ވޯޓުލައިފިނަމަ، މި އިންތިޚާބު ވެގެންދާނީ، 1908އަށްފަހު އެމެރިކާގައި އެންމެ ގިނައަދަދަކަށް މީހުން ވޯޓުލާން ނިކުތް އިންތިޚާބު ކަމުގައެވެ.

ކެމްޕޭންގެ ހަރަކާތްތައް ނިންމަވާލެއްވުމަށްފަހު ޑިމޮކްރަޓިކް ޕާޓީގެ ކެޑިޑޭޓް ޖޯ ބައިޑްން މިއަދު ހުންނެވީ ވިލްމިންގޓަންގައި ހުންނަ އޭނާގެ ގޭގައެވެ. އަދި މިއަދު އޭނާވަނީ ކްރިސްޓިއަން ޗާޗުގައި އޮތް އަޅުކަމަކަށް ވަޑައިގަތުމަށްފަހު އޭނާގެ ދަރިފުޅު ބޯ ބައިޑްގެ މަހާނައަށްވެސް ޒިޔާރަތް ކޮށްފައެވެ.

ކުޑައިރުކޮޅެއް ކުރިން ޓްރަމްޕް ވަނީ ވައިޓް ހައުސް ދުކުރައްވާ ވާޖީނިއާރގަ ހުންނަ އޭނާގެ ކެމްޕޭއިން ހެޑްކުއަރޓަރ އަށް ވަޑައިގެންފައެވެ. އެހެންނަމަވެސް، ނަތީޖާ އިއުލާން ކުރެވޭ ރޭގަ ޓްރަމްޕް އަދި ނާއިބު ރައީސް މައިކް ޕެންސްވެސް ވަގުތު ހޭދަކުރައްވާނީ ވައިޓް ހައުސްގައި ކަމަށް ޚަބަރު ލިބެއެވެ.

އިންތިޚާބުގެ ނަތިޖާ އިއުލާން ކުރުމަށްފަހު އުފެދިދާނެ ހަމަނުޖެހުމަކަށް ތައްޔާރުވެ ތިބުމުގެ ގޮތުން ކަމާއިބެހެ އިދާރާތަކުން މިހާރުވަނީ ވައިޓް ހައުސްގެ ވަށައިގެން ދަގަޑު ފެންސެއް ހަރުކުރަން ފަށާފައެވެ. ވައިޓް ހައުސްއަށް ކައިރި ނުވެވޭގޮތަށް ފެންސްޖެހުމުގެ މައިގަޑު ބޭނުމަކީ އިންތިޚާބާއި ގުޅިގެން އުފެދިދާނެ ހަމަނުޖެހުމެއްގެ ސަބަބުން، އެމެރިކާގެ އެކި ކަންންކޮޅުތަކުގައު މުޒާހިރާ ކުރަން ފަށައިފި ހާލަތެއްގައި ވައިޓް ހައުސްގެ ސެކިއުރީ ބެލެހެއްޓޭނެ އިންތިޒާމް ފުރިހަމައަށް ހަމަޖެއްސުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *