ކޮޅުފުށީ ގޮނޑުދޮަށް ހިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީ އަށް

ކޮޅުފުށީ ގޮނޑުދޮަށް ހިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީ އަށް

Author
މުޙައްމަދު ޖިމީ
28 ނޮވެމްބަރ 2021 07:43
0

މ.ކޮޅުފުއްޓަށީ ރަށްގިރުމުގެ މައްސަލަ ޙައްލުކުރުމުގެ ގޮތުން އެރަށު ގޮނޑުދޮށް ޙިމާޔަތްކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ރަށް ގިރުމުގެ މައްސަލަ ކުރިމަތިވެފައިވާ ކޮޅުފުއްޓަކީ  ހާހެއްހާ މީހުން ދިރިއުޅޭ ރަށެކެވެ. އެރަށުގެ ގޮނޑުދޮަށް ހިމާޔަތްކުރުމުގެ މަޝްރޫޢުޢު މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއި ޙަވާލުކޮށްފައިވަނީ 22.9 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.

އެއް އަހަރުތެރޭގައި ނިންމުމަށް އެއްބަސްވެ ޙަވާލުކުރި މިމަޝްރޫޢުގެ ދަށުން ކޮޅުފުށީގެ އިރުއުތުރު ފަރާތުގައި 136.6 މީޓަރުގެ ރިވެޓްމެންޓަކާއި ރަށުގެ ދެކުނު ފަރާތުގައި 382.2 މީޓަރުގެ ރިވެޓްމެންޓެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 2 ބްރޭކްވޯޓަރ ޤާއިމުކޮށް ރަށުގެ ދެކުނު ފަރާތުން ގިރާ ސަރަޙައްދަށް ވެލިއެޅުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން 30 މީޓަރު ފުޅާ 60 މީޓަރު ދިގު ދެ ސަރަޙައްދު ފުންކޮށް ޢާއްމުން މޫދަށް އެރޭ ސަރަޙައްދުގެ ގޮތުގައި ތަރައްޤީކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިމަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިއާ ޙާމިދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއޯއޯ ޝާހިދު ހުސެއިން މޫސާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.