ފަޅުތެރެއަށް ގެއްލިގެން ހޯދަމުން ދިޔަ ދެމީހުން ފެނިއްޖެ

ފަޅުތެރެއަށް ގެއްލިގެން ހޯދަމުން ދިޔަ ދެމީހުން ފެނިއްޖެ

Author
މުޙައްމަދު ޝަޒައިމް
28 ނޮވެމްބަރ 2021 08:23
0

ރޭ ގެއްލިގެން ހޯދި ދެ މީހުން ފެނިފައިވާ ކަމަށް ސިފައިން ބުނެފިއެވެ.

އެމީހުން ފެނުނު އިރު އެމީހުންގެ ހާލު ރަނގަޅެވެ. ގެއްލިގެން ހޯދަމުން ގެންދިޔައީ ދިވެހި ފިރިހެނުންނެވެ. އެމްއެންޑީއެފް އިން ވިދާޅުވީ އެމީހުން ފެނުނީ ގދ.ހުޅުމާވަރުލު ކިޔާ ފަޅު ރަށެއްގައި ތިއްބާ ކަމަށެވެ. ގެއްލުނު މީހުން އެ ރަށުގައި މަޑުކޮށްގެން ތިބީ ދިޔަވަރު ހިކި ދަތުރުކުރަން ދަތިވުމާ ގުޅިގެން ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ދެމީހުން ގެއްލިގެން އެމްއެންޑީއެފް އަށް ރިޕޯޓް ކުރީ ރޭ 22:03 ކަންހާއިރުއެވެ. އެމީހުން ފެނުނީ ރޭ މެންދަމު އެވެ.

ދެމީހުން ދަތުރުކުރީ ޑިންގީއެއްގައި ކަމަށް އެމްއެންޑީއެފް އިން ކުރިން މައުލޫމަތު ދިން ނަމަވެސް އެމީހުން ދަތުރު ކޮށްފައި ވަނީ ބައްތެއްޔެއްގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.