ގައްޒާފީގެ ދަރިފުޅުގެ އިންތިޚާބީ މައްސަލަ އިސްތިއުނާފްކުރާ ކޯޓަށް ހަގުރާމަވެރިން ހަމަލާ ދީފި

ގައްޒާފީގެ ދަރިފުޅުގެ އިންތިޚާބީ މައްސަލަ އިސްތިއުނާފްކުރާ ކޯޓަށް ހަގުރާމަވެރިން ހަމަލާ ދީފި

Author
ހުސެއިން
27 ނޮވެމްބަރ 2021 04:43
0

އަންނަމަހު ބޭއްވުމަށް ހަމަޖެހިފައިވާ ލީބިޔާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޝަރުތު ފުރިހަމަނުވާ ކަމަށް ނިންމި މައްސަލަ އިސްތިއުނާފްކުރާ ކޯޓަށް ލީބިޔާގެ ހަގުރާމަވެރިން ހަމަލާދީފައެވެ.

އަންނަ ޑިސެމްބަރުމަހުގެ 24ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލީބިޔާގެ ރިޔާސީ އިންތިޚާބު ފާހަގަވެގެން ދަނީ، ތެލުގެ މުއްސަދިކަން ލިބިގެންވާ ލީބިޔާގެ ކުރީގެ ލީޑަރު މުއަންމަރުލް ގައްޒާފީ، ނޭޓޯއިން ހިންގި އަސްކަރީ ހަރަކާތަށްފަހު ވެރިކަން ބަދަލުވުމާއެކު ހިގަންފެށި އަހުލީ ހަގުރާމައަށް ނިމުން ގެނައުމަށް މުހިންމު އިންތިޚާބެއްގެ ގޮތުގައެވެ.

ލީބިޔާގެ އިލެކްޓޯރަލް ކޮމިޝަނުންވަނީ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް، ހަގުރާމައިގެ ޖަރީމާތައް ހިންގުމުގެ ތުހުމަތުގައި ބައިނަލްއަގުވާމީ ޖިނާޢީ ކޯޓަށް ބޭނުންވެފައިވާ ސައިފުލް އިސްލާމް ގައްޒާފީ ޝަރުތު ފުރިހަމަ ނުވާކަމަށް ފާއިތިވި ހަފްތާގެ އަންގާރަ ދުވަހު ނިންމާފައެވެ.

އިންތިޚާބުގައި ވާދަކުރުމަށް ފޯމުވެސް ހުށަހަޅުއްވާފައިވާ ސައިފުލް އިސްލާމަކީ މި އިންތިޚާބުގައި ވާދަކުރާ މައިގަޑު ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ ކެނޑިޑޭޓެކެވެ. އަދި އެނާ ހިމެނިގެން ދިޔައި، އިންތިޚާބުގައި ވާދަކުރުމަށް ފޯމް ހުށަހަޅާފައިވާ ކެނޑިޑޭޓުންގެ ތެރެއިން، ޝަރުތު ހަމަ ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި 25 ކެނޑިޑޭޓުންގެ ތެރޭގައި ހިމެނޭ އެއް ކެނޑިޑޭޓެވެ.

އިންތިޚާބުގައި ވާދަ ނުކުރެވޭނެކަމަށް އިލެކްޓޯރަލް ކޮމިޝަނުން ނިންމާފައިވާ ފަރާތްތަކަށް ދެން އޮންނާނެ މަގަކީ އިލެކްޝްނަސް ކޮމިޝަންގެ މި ނިންމުން އިސްތުއިނާފު ކުރުމެވެ. އަދި އެންމެ ފަހު ގޮތް ނިންމާނީ ލީބިޔާގެ ޝަރުޢި މަރުހަލާއިންނެވެ.

އަންނަ މަހު ބޭއްވުމަށް މަސައްކަތް ކުރެވެމުންދާ މި އިންތިޚާބުގައި ވާދަކުރުމަށް މިހާތަނަށް 98 ކެނޑިޑޭޓަކު ފޯމު ހުށަހަޅާފައި ވެއެވެ.

ލިބިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ޝަރުތުތަކާއި، އަދި ވޯޓުގެ ގާޏޫނީ ސައްޙަކަމާއި ގުޅޭގޮތުން ލީބިޔާގެ ފެކްޝަންތަކުގެ މެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކުގެ ސަބަބަން، އެތައް އަހަރެއް ވަންދެން އެގައުމުގައި ކުރިޔަށްދާ އަހުލީ ހަގުރާމައަށް ނިމުން ގެނައުމަށް ޔޫއެން މެދުވެރިވެގެން ކުރިޔަށްދާ ސުލްހައިގެ މަޝްވަރާތައް ނާކާމިޔާބުވެގެން ހިގައިދާނެކަމުގެ ބިރު ވަނީ ހީވެފައެވެ.

ލީބިޔާގެ އަސްކަރީ ޕްރޮސެކިއުޓަރުންވަނީ، ސައިފުލް އިސްލާމް ގައްޒާފީއަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ނުދިނުމަށް އިލެކްޝްނަސް ކޮމިޝަނަށް ގޮވާލާފައެވެ. ސަބަބަކީ، ސައިފުލް އިސްލާމް ގައްޒާފީގެ ބައްޕާފުޅު މުއަންމަރުލް ގައްޒާފި ވެރިކަމުނ ދުރުކުރުމަށް 2011 ވަނަ އަހަރު ގެނެވުނުއިންގިލާބުގައި އޭނާ ހަގުރާކައިގެ ޖަރީމާތައް ހިންގާފައިވާ ކަމަސް، 2015ވަނަ އަހަރު، އައިރު ހާޒިރުގައި އޭނާގެ މައްޗަށް ސާބިތުވެގެން ގޮސްފައި ވާތީއެވެ. އެހެންނަވެސް ސައިފުލް އިސްލާމް ގައްޒާފީވަނީ މިހުރިހާ ތުހުމަތުތަކެއްވެސް ދޮގު ކޮށަފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.