ކިތަންމެ ހަޅޭކެއް ލެވިޔަސް ދެން ޑްރަގް އެތެރެ ކުރަން އެހާ ފަސޭހައެއް ނުވާނެ: ނިހާދު

ކިތަންމެ ހަޅޭކެއް ލެވިޔަސް ދެން ޑްރަގް އެތެރެ ކުރަން އެހާ ފަސޭހައެއް ނުވާނެ: ނިހާދު

Author
މުޙައްމަދު ޝަޒައިމް
26 ނޮވެމްބަރ 2021 11:24
0

އިދިކޮޅު ފަރާތްތަކުން މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކިތަންމެ ވަރަކަށް ހަޅޭލަވައި މުޒާހަރާ ކުރަމުން ދިޔަ ނަމަވެސް މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން ދެން އެހާ ފަސޭހައެއް ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތަކާއި ގުޅިގެން މެމްބަރު ނިހާދު ވިދާޅުވީ އާންމު މެމްބަރުން ރުއްސުމަށްޓަކައި، އަވަށްޓެރި ޤައުމުތައް މަތިކޮށް، އެޤައުމުތަކުގެ ނަން ބޭނުންކޮށްގެން ކުރަމުންދާ މުޒާހަރާތަކަކީ ވަކި މަޤްސަދެއްގައި ކުރަމުންދާ މުޒާހަރާ ތަކެއްކަމަށެވެ. މިކަންކަމުގެ ސަބަބުން ޤައުމުގެ ތަރައްޤީއާއި، ހިންގަން ރާވާފައިވާ މަޝްރޫޢުތަކަށް ހުރަސް އެޅުމަކީ އެއްވެސް ހާލެއްގައި ކުރެވިގެން ވާނެކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

މަގުތަކުގައި މުޒާހަރާކޮށް އަޑު ގަދަ ކުރަމުންދަނީ މިއަދު ރާއްޖެއަށް އެތެރެކުރެވޭ މަސްތުވާތަކެތީގެ މަގު ބަންދުވަމުންދާތީ ކަމަށާއި، ނަމަވެސް ކުރިން އެކަން ކުރެވުނުހާ ފަސޭހައިން ދެން އެކަން ނުވާނޭކަމަށް ނިހާދު ވިދާޅުވިއެވެ.

ކިޔާނެ އެއްޗެއް ނެތީމާ އަވަށްޓެރި ޤައުމުތަކާއި ޖައްސާލައިގެން ކަމަށް ދައްކައިގެން މެމްބަރުން ރުއްސައިގެން މަގުމައްޗަށް ނެރެ ޤައުމުގައި ހިންގަމުންދާ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުވަން އުޅުން ވަރަށް ކަޑަ! ކިތަންމެ ހަޅޭކެއް ލެވިޔަސް ދެން ޑްރަގް އެތެރެ ކުރުން އެހާ ފަސޭހައެއް ނުވާނެ.

– ނިހާދު ވިދާޅުވިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގެންދަނީ "އިންޑިއާ އައުޓް"ގެ ނަމުގައި ސިލްސިލާ ގިނަ މުޒާހަރާތަކެއް މާލެއާއި އަތޮޅުތެރޭގެ ގިނަ ރަށްތަކުގައި ކުރަމުންނެވެ. އެކޯލިޝަނުން ބުނެފައިވަނީ މުޒާހަރާތަކާއި އެއްވުންތައް ބާއްވަން ޖެހެނީ ރާއްޖޭގެ މިނިވަންކަން އިންޑިއާށްދީ، ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް ކަމުގައެވެ. އަދި އިންޑިއާއިއެކު ހަދަމުންދާ ގޮތް ނޭގޭ އެއްބަސްވުނަތަކުގެ ސަބަބުން މިނިވަންކަމާއި ސިޔާދަތަށްބުރޫއަރާއި، ޤައުމުގެ ހަމަޖެހުން ގެއްލެމުންދާކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ބާއްވާ ހަރަކާތްތަކުގައި ބައިވެރިވާ މީހުންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް އިތުރުވެ، މުޒާހަރާތައް ވަނީ ބައިނަލް އަގުވާމީ މިޑިއާތަކުގެ ސަމާލުކަމަށްވެސް އައިސްފައެވެ. ނަމަވެސް ސަރުކާރުން ބުނަމުންދަނީ އިންޑިއާއާއިއެކު އޮތް ގުޅުމުން މިނިވަންކަމަށް އެއްވެސް އަސަރެއް ނުކުރާނެކަމަށެެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

A Asdhandi/ Male
ޢެހެންވީމަބާ ސަރުކާރާ މަޖިލީހުގެ އިސްވެރިން އެވިޔަފާރީގެ އިސްމީހުނާއެކު ފޮޓޯނަގާު...
އ އާމިނާ
މިއަދުން ފެށިގެން ބަލަން ތިބެމާ އެތެރެކުރާ ވަރު. ތިގޮތަށް ވެއްޖެއްޔާ ކިތަމެހާވެސް ރަނގަޅު. ހީިނުވޭ ބާސާ ކެނޑުމެއް ތިއީ.
އ އަހުމަދު
އިންޑިއާއަށް ޤައުމުގެ ސިޔާދަތު ވިއްކައިގެން ހޯދި ސެކިއުރިޓީގެ ދަށުންތަ މިހާރު ޑުރަގް އެތެރެކުރެވޭ އަދަދުތައް 100 ކިލޯއިން މަތީގަ އުޅެނީ. އަދި އެތެރެ ކުރާއެންމެން ދޫކުރަނީ. ރައްޔިތުން ގުނބޯ ހެއްދޭ ޒަމާން ހިނގައްޖެ.
އ އުދުހޭކޮކާ
ކޮއްކޯ ހަމަ ބުއްދި އެބަހުރިތަ؟ ތިޔައީ ބޯން ވާނެ.ބޯންޖެހޭނެ . ނުބޮއި އެކުދިން ސަލާމަތް ނުވާނެ ކަމަށް ވަކާލާތު ކުރާ މީހާއަށް ބައިއަތު ހިފައިގެން ތިބި ގުރޫޕުގެ މަގުމަތީ ސޮރެއްނު. ބޮއިގެން މަގުމަތީ އެނބުރޭ މީހުން ވަނީ ގިނަ ނޫންތޯ؟
ރ ރަށްވެއްސާ
ޑުރަގު ރާއްޖޭގެ މަގުތަކުގަ ބޯކޮށް. ތެޔޮ ކިލޯއެެއް ކުރީ ވެރިކަމުގައި 120 ހާހަށް. ނަމަވެސް މިވެރިކަމުގަ މިހާރުވެސް 80 ހާހަށް މަގުމަތިން ކިލޯ ގަންނަންލިބޭ. އެހާވެސް ތިޔާގި. އަބަދުވެސް އެމްޑީޕީ ވެރިކަމެއްގަ ހަކުރު ފަހަތުންސަރުކާރު ދުވަހެންހީވޭ އެތަކެތި އަތުލުމަށް. އަދި ތެޔޮ ތިޔާގި.