ލީބިޔާގެ ކުރިޔަށް އޮތް ރިޔާސީ ސިންތިޚާބުގައި، އެގައުމުގެ ކުރީގެ ލީޑަރ މުއަންމަރަލް ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމަށް ވާދަ ނުކުރެވޭކަން ލީބިޔާގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިންތިޚާބުގައި ވާދަކުރުމަށް ފޯމުވެސް ހުށަހަޅުއްވާފައިވާ ސައިފުލް އިސްލާމަކީ މި އިންތިޚާބުގައި ވާދަކުރާ މައިގަޑު ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ ކެނޑިޑޭޓެކެވެ. އަދި އެނާ ހިމެނިގެން ދިޔައި، އިންތިޚާބުގައި ވާދަކުރުމަށް ފޯމް ހުށަހަޅާފައިވާ ކެނޑިޑޭޓުންގެ ތެރެއިން، ޝަރުތު ހަމަ ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި 25 ކެނޑިޑޭޓުންގެ ތެރޭގައި ހިމެނޭ އެއް ކެނޑިޑޭޓެވެ.
މިފަރާތްތަކަށް ދެން އޮންނާނެ މަގަކީ އިލެކްޝްނަސް ކޮމިޝަންގެ މި ނިންމުން އިސްތުއިނާފު ކުރުމެވެ. އަދި އެންމެ ފަހު ގޮތް ނިންމާނީ ލީބިޔާގެ ޝަރުޢި މަރުހަލާއިންނެވެ.
އަންނަ މަހު ބޭއްވުމަށް މަސައްކަތް ކުރެވެމުންދާ މި އިންތިޚާބުގައި ވާދަކުރުމަށް މިހާތަނަށް 98 ކެނޑިޑޭޓަކު ފޯމު ހުށަހަޅާފައި ވެއެވެ.
ލިބިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ޝަރުތުތަކާއި، އަދި ވޯޓުގެ ގާޏޫނީ ސައްޙަކަމާއި ގުޅޭގޮތުން ލީބިޔާގެ ފެކްޝަންތަކުގެ މެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކުގެ ސަބަބަން، އެތައް އަހަރެއް ވަންދެން އެގައުމުގައި ކުރިޔަށްދާ އަުހުލީ ހަގުރާމައަށް ނިމުން ގެނައުމަށް ޔޫއެން މެދުވެރިވެގެން ކުރިޔަށްދާ ސުލްހައިގެ މަޝްވަރާތައް ނާކާމިޔާބުވެގެން ހިގައިދާނެކަމުގެ ބިރު ވަނީ ހީވެފައެވެ.
ލީބިޔާގެ އަސްކަރީ ޕްރޮސެކިއުޓަރުންވަނީ، ސައިފުލް އިސްލާމް ގައްޒާފީއަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ނުދިނުމަށް އިލެކްޝްނަސް ކޮމިޝަނަށް ގޮވާލާފައެވެ. ސަބަބަކީ، ސައިފުލް އިސްލާމް ގައްޒާފީގެ ބައްޕާފުޅު މުއަންމަރުލް ގައްޒާފި ވެރިކަމުނ ދުރުކުރުމަށް 2011 ވަނަ އަހަރު ގެނެވުނުއިންގިލާބުގައި އޭނާ ހަގުރާކައިގެ ޖަރީމާތައް ހިންގާފައިވާ ކަމަސް، 2015ވަނަ އަހަރު، އައިރު ހާޒިރުގައި އޭނާގެ މައްޗަށް ސާބިތުވެގެން ގޮސްފައި ވާތީއެވެ. އެހެންނަވެސް ސައިފުލް އިސްލާމް ގައްޒާފީވަނީ މިހުރިހާ ތުހުމަތުތަކެއްވެސް ދޮގު ކޮށަފައެވެ.
ކޮމެންޓު ފޮނުވާ