ވަރުންގެ "ބޭޅިޔާ" ރިލީޒް ކުރާ ތާރީހު އިއުލާން ކޮށްފި

ވަރުންގެ "ބޭޅިޔާ" ރިލީޒް ކުރާ ތާރީހު އިއުލާން ކޮށްފި

އަލަތު ކައިވެންޏަށްފަހު ވަރުން ދަވަން ފެނިގެން ދާ ފުރަތަމަ ފިލްމު "ބޭޅިޔާ" ރިލީޒް ކުރާ ތާރީހު އިއުލާން ކޮށްފިއެވެ.

"ބޭޅިޔާ" އަކީ އަމަރު ކޯޝިކް ލިޔެ ޑައިރެކްޓްކުރާ ހޮރޯ ކޮމެޑީއެކެވެ. އޭނާ އަކީ 2018ގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ ހޮރޯ ކޮމެޑީ "ސްތިރީ" ގެނެސްދިން ޑައިރެކްޓަރެވެ. އަމަރު އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ 2019ގެ "ބާލާ" އެވެ.

ފިލްމް "ބޭޅިޔާ" އިން ވަރުން އާއި އެކު ފެނިގެން ދާނީ ކިރްތީ ސެނޮންއެވެ. މި ދެތަރިން މީގެކުރިންވެސް އެކުގައި ފިލްމް އަކުން ފެނިގެން ގޮސްފައި ވެއެވެ. އެއީ ރޯހިތު ޝެޓީގެ "ދިލްވާލޭ" އެވެ.

ފިލްމް ގެ ޕޯސްޓަރެއް މިހާރު ދައްކައިލާފައި ވާއިރު މި ފިލްމް ރިލިޒް ކުރުމަށް ހަމަޖެހިފައިވަނީ 25 ނޮވެމްބަރ 2022 ގައެވެ.

މިއީ ވަރުން މިކަހަލަ ރޯލަކުން ފެނިގެން ދާ ފުރަތަމަ ފަހަރެވެ. ޕޯސްޓަރުގައި ވަރުން ފެންނަނީ ހިޔަޅެއްގެ ދެލޮލާއެކު ވަރަށް ތަފާތު ގޮތަކަށެވެ.

އަންނަ އަހަރުގެ ކުރީކޮޅު ނެރުމަށް މީގެކުރިން ނިންމާފައި އޮތް މި ފިލްމު އަހަރުގެ ފަހުކޮޅަށް ބަދަލުކުރީ ފިލްމުގައި ދައްކުވައިދޭ ބޮޑެތި ވީއެފްއެކްސް މަސައްކަތްތަކުގެ ސަބަބުންނެވެ. މި ފިލްމުގެ ވިޝުއަލް އިފެކްޓްގެ މަސައްކަތްތައް ކުރަނީ ހޮލީވުޑްގެ ކާމިޔާބު ގިނަ ފިލްމުތަކެއްގެ ވީއެފްއެކްސް މަސައްކަތް ކޮށްފައިވާ މަޝްހޫރު މޫވިންގ ޕިކްޗާސް ކޮމްޕެނީ އިންނެވެ.

ވަރުން އެންމެ ފަހުން ފެނިގެން ދިޔައީ ސާރާ އަލީ ޚާނާއެކު "ކޫލީ ނަމްބަރ ވަން" އިންނެވެ. ބެލެވޭ ގޮތުން ދެން އެންމެ އަވަހަށް ރިލީޒްވާނެ ވަރުންގެ ފިލްމަކީ "ޖުގް ޖުގް ޖިއޯ" އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *