އެމެރިކާގެ ރިޔާސީ އިންތިޚާބުގެ އިއުލާންކުރެވުނު ފުރަތަމަ ނަތީޖާއިން 5 އިލެކްޓޯރަލް ވޯޓު ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޖޯ ބައިޑްން ހާސިލްކުރައްވައިފިއެވެ.
އެމެރިކާ ކެނެޑާގެ ބޯޑަރު ކައިރީގައި އޮންނަ ނިއު ހެމީސްފެއަރގެ ކުޑަ އަވަށެއްކަމުގައިވާ ޑިޒްވިލް ނޯޗް އަކީ މިހާރު ވޯޓުލުން ކުރިޔަށްދާ އިންތިޚާބުގެ އެންމެ ފުރަތަމަ ނަތީޖާ އިއުލާން ކުރެނުނު އަވަށެވެ. މިއަވަށް ކާމިޔާބު ކުރާ ކެޑިޑޭޓަކަށް މިއަވަށުން ލިބޭ 5 އިލެކްޓޯރަލް ވޯޓު ލިބިގެންދާނެއެވެ.
މެންދަމު 12 ޖެހުމާއިއެކު މިއަވަށުގައި ވޯޓުލާން ފެށި އަދި މާގިނަ އިރުތަކެއްނުވެ ވޯޓުލުން ނިމުމަކަށް އައުމާއެކު މިހާރުވަނީ ވޯޓު ގުނާވެސް ނިމިފައެވެ.
މިއަވަށުގައި ވޯޓު ލާ މަރުކަޒު ކަމުގައިވާ އަވަށުގެ ބަލްސަމްސް ރިސޯޓުގެ "ބެލޮޓް ރޫމް"އަށް މެންދަމު ވޯޓު ލާން ހުޅުވާލުމާއިއެކު ވޯޓު ލުމުގެ ހައްގުލިބިފައިވާ އެންމެން ޖަމާވުމަކީ މި އަވަށުގެ ސަގާފަތެކެވެ. މި ތަނުގައި ތިބޭ އެންމެން ވޯޓު ލާ ނިމުމާއިއެކު، އެހެން ސްޓޭޓުތަކުގައި ވޯޓު ގުނަން ފެށުމުގެ މާކުރިން، ވޯޓު ގުނާ ނަތީޖާވެސް އިއުލާން ކުރެވެއެވެ. ނަތީޖާއެއްގެ ގޮތުން ކޮންމެ އިންތިޚާބެއްގައި މިއަވަށުގެ ނަތީޖާއަށް ރިޕޯޓަރުންނާއި ނޫސްވެރިންގެ އަމާޒު ވަރަށް ބޮޑަށް ހުއްޓެއެވެ. އަދި މި އަވަށުގެ ނަތީޖާއިން އެންމެ ކުރިހޯދާ ކެޑިޑޭޓު އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށްވެސް ބައެއް ފަރާތްތަކުން ދެކެއެވެ.
2016 ވަނަ އަހަރު ޑިޒްވިލް ނޯޗްގެ ނަތީޖާއިން ފުރަތަމަ 5 އިލެކްޓޯރަލް ވޯޓު ހިލަރީ ކުލިންޓަން ކާމިޔާބު ކުރެއްވިއެވެ. އަދި ޓްރަމްޕަށްވުރެ ގިނަ ވޯޓުވެސް މުޅި އިންތިޚާބުން ހިލަރީ ހޯއްދެވިއެވެ. ނަމަވެސް، އެއިންތިޚާބު ހުރިހާ ސްޓޭޓެއްގެ އިލެކްޓޯރަލް ވޯޓުން ކުރި ހޯއްދަވައިގެން އިންތިޚާބު ކާމިޔާބު ކުރެއްވީ ޑޮނަލްޑް ޓްރަމްޕެވެ.
މިއަވަށާއި ކައިރީގައި އޮންނަ އަވަށެއްކަމުގައިވާ މިލްސްފީލްޑްގެ ވޯޓު ލުންވެސް މެންދަމު ހުޅުވާލުމާއިއެކު ވޯޓުލުމުގެ ހައްގު ލިބިފައިވާ އެންމެން ވޯޓުލާ، ވޯޓުވަނީ ގުނާ ނިމިފައެއްވެ. މިއަވަށުގެ އިލެކްޓޯރަލް ވޯޓު 16-5 އިން ކާމިޔާބު ކުރެއްވީ ޓްރަމްޕެވެ.
އެމެރިކާގެ ރިޔާސީ ނިޒާމު ހަމަޖެހިފަ އޮންނަގޮތުން އިންތިޚާބު ކާމިޔާބު ކުރާ ކެޑިޑޭޓަކު ކަނޑައެޅިގެން ދަނީ ވޯޓު ލާމީހުންގެ އަދަދުން ކުރި ހޯދާ ކެނޑިޑޭޓެއް ނޫނެވެ. މީގެ ބަދަލުގައި އިންތިޚާބު ކާމިޔާބު ވެގެންދަނީ ސްޓޭޓުތަކުގަ ވޯޓުލާ މީހުންގެ ނިސްބަތުން ކުރިހޯދާ، ގިނަ ސްޓޭޓްތައް ކާމިޔާބު ކުރާ ކެޑިޑޭޓެކެވެ. މިގޮތުން އެކި ސްޓޭޓްތަކަށް ކަޑައެޅިފައިވާ އިލެކްޓޯރަލް ވޯޓުތައް އެއްކޮށްލުމުން ބޮޑެތިބައެއް ސްޓޭޓްތައް ކާމިޔާބުކުރާ ކެޑިޑޭޓަކަށް އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑު ވެގެން ދެއެވެ.
ގިނަ ޚިޔާލު ހޯދުމުގެ ސާވޭތަކުން ޑިމޮކްރަޓިކް ޕާޓީގެ ކެޑިޑޭޓް ބައިޑަން ކުރީގަ އުޅުއްވި ނަމަވެސް، ސްޓޭޓްތަކުގެ ނިސްބަތުން މިތަފާތު ކުޑަކަން ފާހަގަ ކޮށްލެވެއެވެ. އަދި ބޮޑެތި ބައެއް ސްޓޭޓްތައް ބައިޑަންއަށް ކާމިޔާބު ކުރެވޭނެކަމަށް ދައްކަނީ ކުޑަތަފާތަކުންނެވެ. އެހެންކަމުން މިހާރުގެ ސާވޭތަކުގެ ނަތީޖާތަކަކީ އިންތިޚާބު ކާމިޔާބު ކުރާނެ ކެނޑިޑޭޓެއް ކަޑައަޅާ ސާވޭތަކެއްގެ ބަދަލުގައި ބެލެވިގެން ދަނީ މި ސާވޭތަކަކީ ކެނޑިޑޭޓުންގެ ތާއީދު މިވަގު ހުރިގޮތް ދައްކުވައިދޭ ތަފާސް ހިސާބެއްގެ ގޮތުގައެވެ.
ކޮމެންޓު ފޮނުވާ