ކުޅިވަރާއި މިއުޒިކުގެ ހިދުމަތްތެރިޔާ ތަރަބޫޒު ރިޒާ ނިޔާވެއްޖެ

ކުޅިވަރާއި މިއުޒިކުގެ ހިދުމަތްތެރިޔާ ތަރަބޫޒު ރިޒާ ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
24 ނޮވެމްބަރ 2021 05:10
0

ކުޅިވަރާއި މިއުޒިކްގެ ދާއިރާ އިން ގިނަ ހިދުމަތްތަކެއް ކޮށްފައިވާ ތަރަބޫޒު އަހުމަދު ރިޒާ އުމުރުން 67 އަހަރުގައި މިއަދު ނިޔާވެއްޖެއެވެ.

ރިޒާ އައިޖީއެމްއެޗަށް ރޭ ގެންދިޔައީ މާބޮޑަށް ހާލު ދެރަވެގެންނެވެ. އެ ހޮސްޕިޓަލަށް ގެންދިއުމާއެކު އޭނާ އަށް ފަރުވާ ދެމުން އައީ ވެންޓިލޭޓަރުގެ އެހީގައެވެ.

ރިޒާ އަކީ 1980ގެ އަހަރުތަކާއި 1990ގެ އަހަރުތަކުގައި ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ މެޗުގައި ރޮނގު ބެލެހެއްޓި ލައިންސްމަނެކެވެ. އަދި ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަނުގެ މެޗުތަކާއި އަތޮޅު ފުޓްބޯޅަ މުބާރާތުގައި ރެފްރީކަން ކުރިއެވެ.

ރިޒާ އަކީ ބޮޑުބެރު ޖެހުމާއި ލަވަކިޔުމުގެ ދާއިރާގައި މަޝްހޫރު ފަންނާނެކެވެ. ރިޒާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮތީ މިރޭ އިޝާނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.