އިދިކޮޅު ޕީޕީއެމް ޕީއެންސީން ވޯޓު ނުދިން ފުރަތަމަ ބަޖެޓަކަށް 2022 ގެ ބަޖެޓް!

އިދިކޮޅު ޕީޕީއެމް ޕީއެންސީން ވޯޓު ނުދިން ފުރަތަމަ ބަޖެޓަކަށް 2022 ގެ ބަޖެޓް!

Author
މުޙައްމަދު ޖިމީ
24 ނޮވެމްބަރ 2021 03:39
0

އިދިކޮޅު ޕީޕީއެމް ޕީއެންސީން ވޯޓު ނުދިން ފުރަތަމަ ދައުލަތުގެ ބަޖެޓަށް 2022 ވަނަ އަހަރުގެ ބަޖެޓް ވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ހުށައެޅި ދައުލަތުގެ ބަޖެޓް މިއަދު މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އެގޮތުން ބަޖެޓް ފާސްކުރުމަށް ނެގި ވޯޓްގައި ބަޖެޓް ފާސްކުރުމަށް ފެންނަކަމަށް ވޯޓް ދެއްވީ 64 މެންބަރުންނެވެ. އަދި ބަޖެޓް ފާސްކުރުމަށް ނުފެންނަކަމަށް ވޯޓް ދެއްވީ އިދިކޮޅު ޕީޕީއެމް ޕީއެންސީގެ މެންބަރުން އެކަންޏެވެ. އެގޮތުން ބަޖެޓް ފާސްކުރަން ނުފެންނަކަމަށް 8 މެންބަރަކު ވަނީ ވޯޓް ދީފައެވެ.

އިދިކޮޅު ތަމްސީލް ކުރައްވައި މެމްބަރުންގެ ތެރެއިން ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް މިއަދުގެ ވޯޓުގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.

ބަޖެޓް ފާސްކުރުމަށް އިދިކޮޅު މެމްބަރުން ވޯޓް ނުދިން އެއް ސަބަބަކީ ބަޖެޓުގެ ދަރަނި ބޮޑުވުމެވެ. އެގޮތުން މި ބަޖެޓަކީ 9.7 ބިލިއަން ރުފިޔާގެ ޑެފިސިޓު ބަޖެޓެކެވެ. މިއީ ރެކޯޑު އަދަދެއްގެ ޑެފިސިޓެއްކަމަށް އިދިކޮޅު މެންބަރުން ފާހަގަކުރިއެވެ.

މި ބަޖެޓުގެ ސަބަބުން އިންފްލޭޝަން އިތުރުވެ ސަރުކާރުގެ ރިކަރަންޓް ޚަރަދަށް ބޮޑު އެއްޗެއް ހޭދަކުރާކަން އެ މެންބަރުން ފާހަގަކުރެއެވެ. އަދި ދައުލަތަށް އާމްދަނީ ހޯދޭނެ ގޮތްތަކެއް ބަޖެޓްގައި ނެތްކަމަށް އިދިކޮޅު މެންބަރުންގެ ކަންބޮޑުވުމަކަށް ވެފައިވެއެވެ.

މިސަރުކާރުން މިހާތަނަށް ހުށައެޅި ބަޖެޓްތަކަށް އިދިކޮޅުން ވޯޓް ދީފައިވާއިރު، މިހާތަނަށް ވޯޓު ނުދޭ ހަމައެކަނި ބަޖެޓަކީ އަންނަ އަހަރަށް ލަފާކުރަ ދައުލަތުގެ ބަޖެޓެވެ.

މިއަދުގެ ބަޖެޓް ވޯޓްގައި މަޖިލީހުގައި ތިއްބަވާ މިނިވަން މެންބަރުންކަމަށްވާ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމްގެ އިތުރުން ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.އިދި

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.