ގެއްލިގެން ހޯދަން އިއުލާންކުރި މެންބަރު ޝަރީފްގެ ބިދޭސީ މުވައްޒިފު ފެނިއްޖެ

ގެއްލިގެން ހޯދަން އިއުލާންކުރި މެންބަރު ޝަރީފްގެ ބިދޭސީ މުވައްޒިފު ފެނިއްޖެ

Author
މުޙައްމަދު ޝަޒައިމް
23 ނޮވެމްބަރ 2021 08:12
0

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (އައްޑޫ ޝަރީފް) ގެންގުޅުނު މުވައްޒިފެއްގެ ތެރެއިން ގެއްލިގެން ހޯދަން އިލާންކުރި ބިދޭސީ މުވައްޒިފު ފެނިއްޖެއެވެ.

މިމީހާ ފެނިފައިވަނީ، ގއ.ނިލަންދޫގައި ހުއްޓައެވެ. އޭނާ ނިލަންދޫއަށް ގޮސްފައިވަނީ 30،000 ރުފިޔާގެ ބޮޑު މުސާރައެއް ދިނުމަށް އޭނާ ގެންދިޔަ މީހުން ބުނުމުންކަމަށް ޝަރީފް ވިދާޅުވެފައެވެ. ގެއްލިގެން ހޯދީ، ޝަރީފުގެ އަންނައުނު ފިހާރައެއްގައި މަސައްކަތްކުރި ބަންގްލަދޭޝްގެ މީހެއް ކަމަށްވާ އަލް އަމީންއެވެ.

ޝަރީފް ވަނީ އޭނާ ފެނިއްޖެނަމަ ނުވަތަ އޭނާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ވާނަމަ ހިއްސާކޮށްދެއްވުމަށް އެދިވަޑައިގެން މިމަހުގެ ކުރީކޮޅު ޓުވީޓެއްވެސް ކުރައްވާފައެވެ. އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފަކީ ފުޅާދާއިރާއެއްގައި ވިޔަފާރިވެސް ކުރާ ބޭފުޅެކެވެ.

އަމީން ގެންދިޔަ މީހުން ވަނީ އޭނާއަށް ޓިކެޓް ހަމަޖައްސައި އަނބުރާ މާލެ ފޮނުވާލާފައިކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.