2019ވަނަ އަހަރުގެ ބޮމުގެ ހަމަލާތަކުގައި ތުހުމަތު ކުރެވޭ 25 މީހެއްގެ ޝަރީއަތް ސްރީ ލަންކާގައި ފަށައިފި

2019ވަނަ އަހަރުގެ ބޮމުގެ ހަމަލާތަކުގައި ތުހުމަތު ކުރެވޭ 25 މީހެއްގެ ޝަރީއަތް ސްރީ ލަންކާގައި ފަށައިފި

Author
ހުސެއިން
23 ނޮވެމްބަރ 2021 07:28
0

ކުރިސްޓިއަނުންގެ ދީނީ ދުވަހެއްކަމުގައިވާ، 2019ވަނަ އަހަރުގެ އީސްޓަރ ސަންޑޭގެ ބޮމުގެ ހަމާލާތަކުގައި ބައިވެރި ވެފައިވާކަމަށް ތުހުމަތު ކުރެވޭ 25 މީހެއްގެ ޝަރީއަތް ސްރީ ލަންކާގެ ކޯޓެއްގައި މިއަދު ފަށައިފިއެވެ. އަދި މިއަދު މި ޝަރީއަތްތައް ފަށާފައިވާއިރު، ގާނޫނީ ވަކީލުންވަނީ މި ޝަރީއަތްތަކަކީ، ގާނޫނީގޮތުން ގޮންޖެހުންތައް ބޮޑު، އުދަގޫ ޝަރީއަތްތަކަކަށް ވެގެންދާނޭ ކަމަށްވެސް ވިދާޅުވެފައެވެ.

2019ވަނަ އަހަރުގެ ބޮމުގެ ހަމަލާތަކުގައި ތުހުމަތު ކުރެވި އެކި ޖަލުތަކުގައި ހައްޔަރު ކުރެވިފައި ތިބި މީހުން މިއަދު ހެދުނު ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ހައިކޯޓަށް ހާޒިރު ކުރެވިފައިވަނީ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާ އެކީއެވެ.

ފުލުހުންވަނީ ހައްޔަރު ކުރެވިފައިވާ މީހުންގެ މައްޗަށް 23،000 ތުހުމަތެއް ކޮށްފައެވެ. އޭގެ ތެރޭގައި، ގަތުލު އާންމު ހިންގުމާއި، އެކަމަށް ހިތްވަރު ދިނުމާއި، ހަމަލާތަކަށް އެހީތެރިކަން ފޯރު ކޮށްދިނުމާއި، އަދި ހަމަލާތައް ދިނުމަށް ބޭނުންކުރި ހަތިޔާރުތައް ހޯދާ ޖަމާކުރުންވެސް ހިމެނެއެވެ.

ބޮމުގެ ހަމަލާތަކުގައި ތުހުމަތު ކުރެވޭ ފަރާތްތައް ތަމްސީލުކުރަމުންދާ ގާނޫނީ ވަކީލުން ވިދާޅުވެފައިވާ ގޮތުގައި، ގިނަ ދައުވާތަކުގައި ކޮށްފައިވާ ތުހުމަތުތައް އާދަޔާ ޚިލާފަށް ގިނަ ކަމަށާއި، ނަތީޖާއެއްގެ ގޮތުން ގިނަ ކޭސްތައް ނިމުމަކާ ހަމައަށް ދާން 10ވަރަކަށް އަހަރުވެސް ނަގާފާނެ ކަމުގައެވެ.

މިއަދު ޝަރީއަތްތައް ފަށާފައިވާ މީހުންގެ ތެރޭގައި ބޮމުގެ ހަމަލާތައް ރާވާ ހިންގި މީހާކަމަށް ތުހުމަތުކުރާ މުހައްމަދު ނައުފަރު ހިމެނެއެވެ. އޭނާއަކީ އިސްލާމިކް ސްޓޭޓާއި ގުޅުން އޮންނަ މީހެކެވެ. އޭނާ މިއަދު ކޯޓަށް ހާޒިރު ކޮށްފައިވަނީ، ފޮތި ގަޑަކުން މޫނު ފޮރުވާފައި ބަހައްޓައިގެން ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ބޮމުގެ ހަމަލާތަކުގައި ތުހުމަތު ކުރެވޭ ދެވަނަ މީހަކީ، ކޮލޮމްބޯގެ ދެ ހޮޓަލެއްގައި ބޮން ގޮއްވާލި އިންޝާފްއާއި އިލްހާމް އިބުރާހިމްގެ ބައްޕަ ވައި.އެމް އިބުރާހިމް އެވެ.

2019ވަނަ އަހަރުގެ އީސްޓަރ ސަންޑޭގައި، އެއަހަރުގެ އެޕްރިލްމަހުގެ 21ވަނަ ދުވަހު ކުރިސްޓިއަނުންގެ 3 ފައްޅިއަކަށާއި، ކޮލޮމްބޯގެ 3 ހޮޓަލަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާތަކުގައި 267 މީހަކު މަރުވެފައި ވެއެވެ. މީގެ ތެރޭގައި ބޭރު ގައުމުތަކުގެ 45 މީހަކުވެސް ހިމެނެއެވެ. އައި އޭގެ އިތުރުން 40 ކުޑަކުދިންވެސް ހިމެނެއެވެ.

ސްރީލަންކާގެ ތާރީޚުގައިވެސް ދީފައިވާ އެންމެ ނުރައްކާތެރި މި ބޮމުގެ ހަލާތަކުގައި 500 މީހަކު ޒަޚަމް ވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.