ޗައިނާއިން ކާމިޔާބުކަމާ އެކު، ހައިޕަރސޮނިކް މިސައިލް ޓެސްޓު ކޮށްފި

ޗައިނާއިން ކާމިޔާބުކަމާ އެކު، ހައިޕަރސޮނިކް މިސައިލް ޓެސްޓު ކޮށްފި

Author
ހުސެއިން
22 ނޮވެމްބަރ 2021 05:42
0

ހައިޕަރސޮނިކް ހަތިޔާރުގެ ބޭނުން ކޮށްގެން ޗައިނާއިން މިސައިލްތައް އުދުއްސާލާ، ހައިޕަރސޮނިކް މިސައިލް ޓެސްޓުތައް ކާމިޔާބުކަމާއެކު ކޮށްފައިވާކަމަށް ފައިނޭންޝަލް ޓައިމްސްއިން ރިޕޯޓު ކޮށްފިއެވެ. ފައިނޭންޝަލް ޓައިމްސްގައި ބުނެފައިވާ ގޮތުގައި، ޗައިނާގެ މި ޓެސްޓުތަކުން އެމެރިކާއަށް ހައިރާންކަން ގެނުވާފައިވާ ކަމަށެވެ.

ސަބަބަކީ، މީގެކުރިން މީގެ މިސައިލްތައް އެހެން ގައުމުގެއް ހުރިކަމަށް އެގިފައި ނުވާތީއެވެ.

ޗައިނާގެ ހައިޕަރސޮނިކް ގްލައިޑް ވެހިކަލްތަކުން މި މިސައިލްތައް އުދުއްސާލާފައިވަނީ، ސައުތު ޗައިނާ ކަނޑަށެވެ. ޗައިނާގެ އިންޓެލިޖެންސްއާއި ގުޅުންހުރި ބައެއް ފަރާތްތަކާ ހަވާލާދީ ފައިނޭންޝަލްސް ޓައިމްސްގައި ބުނެފައިވާ ގޮތުގައި މި މިސައިލްތައް އަޑަށްވުރެ 5 ގުނަ ބާރަށް ދަތުރު ކޮށްފައި ވެއެވެ.

އަސްކަރީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މި މިސައިލް ތަކަކީ ޖައްވުން ޖައްވަށް އުދުއްސާލާ މިސައިލް ތަކެކެވެ. އަނެއްބައި ތަޖުރިބާކާރުން ބުނެފައިވާ ގޮތުގައި މި މިސައިލްތަކަކީ، ހަގުރާމާގައި ނިއުކުލިއަރ ހަތިޔާރު އުފުލުމުގެ ގާބިލްކަން ލިބިފައިވާ، ހައިޕަރސޮނިކް މިސައިލްތައް ނައްތާލާ މިސައިލް ޑިފެންސް ސިސްޓަމްތައް ހަލާކުު ކޮށްލާ މިސައިލް ތަކެކެވެ.

ޗައިނާއިން ޖުލައި 27ގައާއި އަދި އޮގަސްޓު 13ގައި ހައިޕަރސޮނިކް ހަތިޔާރުތައް ޓެސްޓު ކޮށްފައި ވާކަމަށްވެސް ފާއިތުވެދިޔަ މަހު ފައިނޭންޝަލް ޓައިމްސްއިން ރިޕޯޓު ކޮށްފައި ވެއެވެ.

މި ރިޕޯޓުތަކާއި ގުޅިގެން ޗައިނާގެ ކުރިއަރަމުންދާ އަސްކަރީ ގާބިލްކަމާ ގުޅޭގޮތުން އެމެރިކާއިންވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

ޗައިނާގެ ފޮރިންގ މިނިސްޓްރީން ބުނެފައިވަނީ، ހަގުރާމަމަތީ މަތިންދާ ބޯޓުތަކުގެ އާންމު ޓެސްޓުތައް ކޮށްފައިވާ ކަމަށާއި، މި ޓެސްޓުތަކުގެ ބޭނުމަކީ މި ބޯޓުތައް ތިބީ ބޭނުން ކުރެވޭ ހާލަތުގައިތޯ ޔަގީން ކުރުން ކަމުގައެވެ.

ޗައިނާއިން ހައިޕަރސޮނިކް މިސައިލްތައް ޓެސްޓް ކުރިކަން ޔަގީން ކުރެވިއްޖެނަމަ، ތަޖުރިބާކާރުން ޗައިނާގެ މި ކުރިއެރުން ސިފަކޮށްފައިވަނީ، ބެލެސްޓިކް މިސައިލްތައް ބިމަށް ފޯރުމުގެ ކުރިން ގޮއްވާލުމުގެ ގާބިލްކަން އެމެރިކާއިން ހޯދާފައިވާތީ، އޭގެ ބަދަލެއްގެ ގޮތުން ވައިގެމަގުން ހަމަލާތައް ދިނުމުގެ ގާބިލްކަން ޗައިނާގެ ރައީސް ޝީ ޖިންގޕިން އިތުރުކުރަމުންދާ ދިއުމެއްގެ ގޮތުގައެވެ.

ފާއިތުވެދިޔަމަހު އެމެރިކާގެ ނޭވީއިން ވަނީ، ތަހުލީލު ކުރުމުގެ ގޮތުން ހަދާފައިވާ އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް (ބައްރުތައް ހުރަސްކޮށް ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވާ ބޮޑެތި މިސައިލްތައް) މަތީގައި ހުއްޓާ ކާމިޔާބުކަމާއެކު ގޮއްވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.