މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބިފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ މަހަކު އެއްފަހަރު ނެރެމުންދާ މަންތުލީ ފިޒްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައި ބުނެފައިވާގޮތުން މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސެޕްޓެމްބަރުމަހުގެ ނިޔަލަށް 100.5 މިލިއަން ރުފިޔާ ޖޫރިމަނާ ފައިސާގެ ގޮތުގައި ދައުލަތށް ލިބފައިވެއެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު ޖޫރިމަނާ ފައިސާއަށް ވުރެ ދަށް ޢަދަދެކެވެ. މިދުޔަ އަހަރު އެމުއްދަތުގައި ދައުލަތަށް 180 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ނަމަވެސް ވަކިވަކި މަސްތަކަށް ބަލާއިރު މިއަހަރު ޖޫރިމަނާގެގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވެއެވެ.

އެގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހު އެކަނިވެސް ޖޫރިމަނާ ފައިސާގެ ގޮތުގައި 14.4 މިލިއަން ރުފޔާ ލިބިފައިވާއިރު، ހަމައެމުއްދަތުގައި މިދޔަ އަހަރު ލިބިފައިވަނީ 13.5 މިލިއަން ރުފިޔާއެވެ.
ފަހަކަށް އައިސް ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ފައިސާ ނަގަމުންކާމަށްބުނެ ބައެއް ފަރާތްތަކުން ކަންބޮޑޫވުން ފާޅުކޮށްފައިވެއެވެ. ޚާއްޞަކޮށް ކޯވިޑް-19އާއި ގުޅިގެން ސަރުކާރުން އެޅި ފިޔަވަޅުތަކާއި ޚިލާފުވެގެންވެސް ގިނަ ބަޔަކު ޖޫރިމަނާކޮށްފައިވާކަން ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ކޮމެންޓު ފޮނުވާ