ރަންބީރާއި ޝްރައްދާގެ ފިލްމް 2023 ގައި!

ރަންބީރާއި ޝްރައްދާގެ ފިލްމް 2023 ގައި!

ޝްރައްދާ ކަޕޫރާއި ރަންބީރު ކަޕޫރު އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމް ރިލީޒް ކުރާ ދުވަސް ހާމަކޮށްފިއެވެ.

ލަވް ރަންޖަން ޑައިރެކްޓްކުރާ މި ފިލްމުން ރަންބީރު ކަޕޫރުގެ މައިންބަފައިންގެ ރޯލުން ޑިމްޕަލް ކަޕާޑިއާ އާއި ބޯނީ ކަޕޫރު ފެނިގެން ދާނެއެވެ. ބޯނީ ކަޕޫރަކީ ޒުވާން ބަތަލަ ޖާންވީ ކަޕޫރުގެ އިތުރުން އެކްޓަރ އަރްޖުން ކަޕޫރުގެ ބައްޕަ އެވެ.

އަދި މިހާތަނަށް ވަކި ނަމެއް ދީފައި ނުވާ މި ފިލްމު ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވަނި 26 ޖަނަވަރީ 2023ގައި އެވެ. އެއީ އިންޑިއާގެ ޖުމްހޫރީ ދުވަހެވެ.

 

View this post on Instagram

 

A post shared by Luv Films (@luv_films)

މީގެ އިތުރުން މި ދުވަހު ރިލީޒް ކުރުމަށް ތާވަލު ކޮށްފައިވާ އިތުރު ފިލްމެއްވެސް އެބައޮތެވެ. އެއީ ސިދާތު އާނަންދު ޑައިރެކްޓް ކުރާ، ރިތިކް ރޯޝަން އާއި ދީޕިކާ ޕަޑުކޯންގެ "ފައިޓާ" އެވެ. މި ފިލްމަކީ ދީޕިކާ އާއި ރިތިކް އެކުގައި ފެންނާނެ ފުރަތަމަ ފިލްމެއެވެ.

މި ދުވަހު މި ދެފިލްމް ވެސް ރިލީޒް ކުރާނަމަ ވަރަށް ބޮޑަށް ދެ ފިލްމް ކޯޅުމަކަށް ދާނެކަމަށް ބެލެވެއެވެ. އަނެއްކޮޅުން މިއީ މި ހަތަރު ތަރިން ވެސް އެކަކު އަނެކަކާއެކު ސްކްރީން ހިއްސާ ކުރާ ފުރަތަމަ ފަހަރު ކަމުން މިއީ ބެލުންތެރިންވެސް މި ދެ ފިލްމަށް އިންތިޒާރުކުރާ މައިގަނޑު އެއް ސަބަބެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *