މަޝްހޫރު ޒުވާން ފިލްމީ ތަރި މަރިޔަމް ޝިފާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާއި ގުޅިއްޖެއެވެ.
ޝިފާ އެމްއެންޕީއާއި ގުޅުމުން އެޕާޓީން ވަނީ މަރުހަބާ ކިޔާފައެވެ. ސޮއިކުރުމަށްފަހު އޭނާގެ ފޯމް ހަވާލުކޮށްފައިވަނީ އެމްއެންޕީގެ ރައީސް ކާނަލް މުހައްމަދު ނާޒިމްއާއިއެވެ.
ޅ. ނައިފަރަށް އުފަން މަރިޔަމް ޝިފާއަކީ ރާއްޖޭގެ ޓިކްޓޮކްގެ އެންމެ މަގުބޫލު އެއް މޫނެވެ. އޭނާ އަކީ ޓިކްޓޮކް ކުޅެގެން އާއްމުންގެ މަގުބޫލުކަން ހޯދިދާނެކަން ސާބިތުކޮށްދިން ފަންނާނެކެވެ. އޭނާ ވަނީ ފާޑުކިޔާ މީހުންނަށް ބެލުމެއް ނެތި އެ ދާއިރާއިން ކުރިއަށް ދާން ތައްޔާރަށް ހުރި ކަމަށް މީގެ ކުރިން ބުނެފައެވެ.
މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ޒުވާން ފަންނާނެއް ކަމަށްވާ މަރިޔަމް ޝިފާ އެމްއެންޕީއާ ގުޅިއްޖެ. ޝިފާއަކީ އެމްއެންޕީގެ ޒުވާނުންގެ ލައުންޖް ހުޅުވުމަށް ފަހު ޕާޓީއަށް ސޮއިކުރި ފުރަތަމަ ފަރާތް pic.twitter.com/bIQcCMK5bV
— Maldives National Party (@MNP_Secretariat) November 17, 2021
ޝިފާގެ އިތުރުން ގިނަ އަދަދެއްގެ ފަންނާނުން ވަނީ އެމްއެންޕީއާއި ގުޅިފައެވެ. އެޕާޓީން ދަނީ މެމްބަރުން އިތުރު ކުރުމަށް ޚާއްސަ ޕްރޮގުރާމުތަކެއް ހިންގަމުންނެވެ. އެގޮތުން މާލެ އާއި އަތޮޅު ތެރޭގައިވެސް ގެންދަނީ ޚާއްސަ ހަރަކާތްތަކެއް ހިންގަމުންނެވެ.
ކޮމެންޓު ފޮނުވާ