ސައުދޫ އަރަބިއާށް 391 ކިލޯގެ ހަޝިޝް ކުރަން އުޅެނިކޮށް 9 މީހަކު ހައްޔަރު ކޮށްފި

ސައުދޫ އަރަބިއާށް 391 ކިލޯގެ ހަޝިޝް ކުރަން އުޅެނިކޮށް 9 މީހަކު ހައްޔަރު ކޮށްފި

މަސްތުވާ ތަކެތީގެ ބާވަތެއް ކަމުގައިވާ ހަޝިޝް އޮއިލްގެ 391 ކިލޯގްރާމް ސައުދޫ އަރަބިއާއަށް އެތެރެ ކުރަން އުޅެނިކޮށް 9 މީހަކު ހައްޔަރު ކޮށްފައި ވާކަމަށް ސައުދީ ޕްރެސް އޭޖެންސީ (SPA)އިން ބުދަދުވަހު ރިޕޯޓު ކޮށްފިއެވެ.

ސައުދީ ޕްރެސް އޭޖެންސީން ރިޕޯޓު ކޮށްފައިވާ ގޮތުގައި ހައްޔަރު ކޮށްފައިވާ މީހުންގެ ތެރެއިން 7 މީހުންނަކީ ސައުދީ އަރަބިއާގެ މީހުންންވެ. އަދި އަނެއް ދެމީހުންނަކީ އިތިއޯޕިއާގެ ރައްޔިތުންނެވެ. މިއެންމެވެސް ހައްޔަރު ކޮށްފައިވަނީ ސައުދީ އަރަބިއާގެ ދެ ރީޖަނެއް ކަމުގައިވާ ޖަޒާން އަދި އަސިރު ނަމަކަށް ކިޔާ ސަރަހައްދުންނެވެ. އެންމެން ހައްހަރު ކޮށްފައިވަނީ އެކުއެކީ ކަހަލަ ގޮތަކަށެވެ.

ސައުދީ ޕްރެސް އޭޖެންސީން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި 9 މީހުން ހައްޔަރު ކުރުމާއެކު ފުރިހަމަ ކުރަންޖެހޭ ގާނޫނީ މަރުހަލާތައް މިޙާރުވަނީ ފުރިހަމަ ކޮށްފައެވެ. އަދި އެއަށްފަހު، މިހާރު އެންމެވެސް ވަނީ އިތުރު ތަހުގީގު ކުރުމަށް ޕަބްލިކް ޕްރޮސެކިއުޝަން ބްރާންޗާއި މިހާރުވަނީ ހަވާކު ކުރެވިފައެވެ.

މިމަހުގެ ކުުރީކޮޅު ސައުދީގެ މުވައްސަސާތަކުންވަނީ، ކޮންޓެއިނަރެއްގެ ތެރޭހައި އެގައުމަށް އެތެރެ ކުރަން އުޅުނު، 1.8 މިލިއަން އެމްފެޓަމުން ގުޅަ އެތެރެ ކުރުމުގެ ކުރިން ފަޅާ އަރުވާލާފައެވެ.

މިތަކެތި އެތެރެ ކުރަން އުޅެފައިވަނީ ސީރިއާގެ ދެމީހަކު މެދުވެރި ކޮށްގެންނެވެ. މި ދެމީހުންނަކ، މި ތަކެއްޗާއި އެންމެ ފަހުގެ މަރުހަލާގައި ހަވާލު ވުމަށް ހަޖެހިފައިވަމީ މި ދެމީހުންނެވެ. މި ދެމީހުން ހައްޔަރު ކުރެވުނީ ދިއްދާއިންނެވެ.

ފާއިތުވެދިޔަ އޮކްޓޯބަރުމަހު 10 ވަނަ ދުވަހުވެސް 5 މިލިއަންގެ އެމްފެޓަމުން ގުޅަ އެތެރެ ކުރަަން އުޅެނިކޮށް ސައުދީ މުވައްސާރަކުންވަނީ ހުއްޓުވާަފައެވެ. މިތަކެތި ރައްކާ ކޮށްފައިވަނީ މޭބިސްކަދުރު ކޮންޓެއިނަރއެއްގެ ތެރޭގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *