ދަތި ދުވަސްވަރެއްގައި ސަރުކާރުން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: ނަޝީދު

ދަތި ދުވަސްވަރެއްގައި ސަރުކާރުން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: ނަޝީދު

Author
މުޙައްމަދު ޖިމީ
17 ނޮވެމްބަރ 2021 04:29
0

ވަރަށް ދަތި އުނދަގޫ ދުވަސްތަކެއްގައި ސަރުކާރުން ބޮޑު ކާމިޔާބިއެއް ހޯދާފައިވާކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ސަރުކާރަށް މަރުހަބާ ވިދާޅުވެއްޖެއެވެ. ނަޝީދު މިފަދައިން ވިދާޅުވީ، ސަރުކާރަށް މިއަދު ތިން އަހަރު ފުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ. ސަރުކާރުގެ 3 އަހަރަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށާއި އެމްޑީޕީ އަދި ސަރުކާރަށް މަރުހަބާ ވިދާޅުވާކަމަށެވެ. ނަޝީދު ވިދާޅުވީ، ވަރަށް ދަތި އުނގަދޫ ދުވަސްތަކެއްގައި ސަރުކާރުން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައިކަމަށެވެ.

ރައީސް ނަޝީދު ސަރުކާރަށް ތާޢީދުކޮށް ވާހަކަ ދައްކަވާފައިމިވަނީ، މިސަރުކާރާއި ރައީސް ޞަލިހާއެކު ސިޔާސީ މަސައްކަތް ނުކުރާނެކަމަށް ވިދާލުވެ ކުރިން ފާޑުވިދާޅުވުމަށްފަހުއެވެ. ނަމަވެސް މެއި6 ގެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެން ނަޝީދު ވަނީ ރައީސް ޞާލިޙައި ބައްދަލުކުރައްވާފައެވެ. އަދި ދެބޭފުޅުންގެ ގުޅުން ގޯސް ނޫންކަން ވަނީ ހާމަކުރައްވާފައެވެ. ރައީސް ސާލިހުއާއި ނަޝީދު ބައްދަލު ކުރައްވާފައިވާއިރު، އެންމެ ފަހުން ނަޝީދު ދެއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ވިދާޅުވެފައިވަނީ، ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭގޮތުން އިތުރު މައުލޫމާތު ދެއްވާނީ، ރައީސް ސާލިހުއާއި ބައްދަލު ކުރައްވާ، މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމުގައެވެ.

އެހެންނަމެވެސް، ވެރިކަމުގެ ނިޒާމް ބަދަލު ކުރުމާ ގުޅޭގޮތުން މީގެ ކުރިން ރައީސް ސާލިހު ވިދާޅުވެފައިވަނީ، ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭގޮތުން ވިސްނުމަށްވުރެ ބޮޑަށް އިސްކަން ދެއްވާނީ ތަރައްގީގެ މަޝްރޫއުތައް 2023ގެ ކުރިން ނިންމެވުމަށް ކަމުގައެވެ. އަދި އެއަށްފަހު ރައީސް އޮފީހުގެ ތަރުޖަމާން ވިދާޅުވެފައިވަނި، ނިޒާމް ބަދަލު ކުރުމަކީ މިހާރު ވެރިކަން ކުރަމުންދާ ކޯލިޝަން މެނިފެސްޓޯގައި އޮތް ވައުދެއް ނޫންކަމަށާއި، ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަކީ ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމުގައެވެ.

ރައީސް ޞާލިޙްގެ ސަރުކާރަށް މިއަދު 3 އަހަރު ފުރިފައިވާއިރު، އެމަނިކުފާނު ރާއްޖޭގެ ވެރިކަމަށް ވަޑައިގަތީ 2ވަނަ ޖުމުހޫރިއްޔާގެ 6ވަނަ ރައީސްގެ ގޮތުގައެވެ. ވެރިކަމުގެ ހުވާ ކުރެއްވީ 2018ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 17ވަނަ ދުވަހުއެވެ.

ރައީސް ސާލިހުގެ ވެރިކަމަށް 3 އަހަރު ފާއިތުވެގެން ދިޔައިރު، ގިނަބަޔަކު ރައީސް ޔާމިންގެ ވެރިކަމާއި ރައީސް ސާލިހުގެ ވެރިކަމާ އަޅާކިޔަމުންދާ އެއްކަމަށް ވެގެން މިދިޔައީ ގައުމީ ތަރައްގީއެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

b birubodu
ޔާމީނުސަރުކާރުން ފަންޑުހޯދާ ފަށާފައިވާ މާސިންގާ ޕުރޮޖެކުޓުތަށްވެސް އެގަންޖާ 19 ގެ ސަރުކާރަށް ތިންއަހަރު ތެރޭގައިވެސް ނިންމާނުލެވުނު ވަރަށް ވަރަށްސާފް
B Birubodu
ޔާމީނު ސަރުކާރުން ފަންޑުހޯދާ ފަށާފައިވާ ހުރި ތަންތަންވެސް ތިންއަހަރު ފާއިތުވެގެން ދިއައިރުވެސް ނުނިންމުނު ވަރަށް ވަރަށްސާފް