މަހަށް ނިކުމެ އުޅެނިކޮށް ސްޓްރޯކެއްޖެހި މަސްވެރިޔަކު ނިޔާވެއްޖެ

މަހަށް ނިކުމެ އުޅެނިކޮށް ސްޓްރޯކެއްޖެހި މަސްވެރިޔަކު ނިޔާވެއްޖެ

Author
މުޙައްމަދު ޖިމީ
15 ނޮވެމްބަރ 2021 10:22
0

މަހަށް ގޮސް އުޅެނިކޮށް ސްޓްރޯކެއް ޖެހިގެން މަސްވެރިޔަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ގދ.ތިނަދޫ މަސްވެރިއެކެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މަހަށް ނިކުމެ އުޅެނިކޮށް ސްޓްރޯކެއް ޖެހިގެން އޭނާ ވަނީ ތިނަދޫގައި ހުންނަ ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ޢުމުރުން 44 އަހަރުގެ މަސްވެރިޔާ އެ ހޮސްޕިޓަލަށް ގެންދިޔައީ އެމްއެންޑީއެފްގެ އެހީތެރިކަމާއެކު މިއަދު ހަވީރު 05:20 ހާއިރުކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.