މީދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ނުފެށޭތީ، ޒުވާނުން ނިކުމެ ދަނޑުގައި މިރުސްގަސް އިންދައިފި

މީދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ނުފެށޭތީ، ޒުވާނުން ނިކުމެ ދަނޑުގައި މިރުސްގަސް އިންދައިފި

Author
މުޙައްމަދު ޝަޒައިމް
15 ނޮވެމްބަރ 2021 09:16
0

މީދޫ ދަނޑުގެ މަސައްކަތް ނުފެށުމުން، ޒުވާނުން ނިކުމެ ދަނޑުގައި މިރުސްގަސް އިންދައިފިއެވެ.

ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ހެދުމުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއެވެ.

ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ހެދުމުގެ މަސައްކަތްތަކީ 50 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރެވިފައިވާ މަސައްކަތެކެވެ. ނަމަވެސް، މަސައްކަތް ނުނިމި ގާތްގަނޑަކަށް އަހަރަކަށްވުރެ ގިނަދުވަސް ވެފައިވާތީ ޒުވާނުން ނުކުމެ އިއްޔެ ވަނީ ޒުވާނުންގެ ޝުއޫރު ފާޅުކޮށްފައެވެ.

ސަރުކާރަށް އެކަން ނުވެއްޖެނަމަ ދަނޑު ހައްދައިގެންވެސް އެތަނަށް ބޭނުން ވާނެ ވެލި ހޯދުމަށް ތައްޔާރަށް އެ ރަށުގެ ޒުވާނުން ތިބީ ތައްޔާރަށެވެ.

މީދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ހުއްޓިފައި ވަނީ ކީއްވެތޯއާއި، ދަނޑުގެ މަސައްކަތް ކުރިޔަށް ނުދާ ސަބަބަކީ ކޮބައިތޯއާއި، އަދި ދަނޑުގެ މަސައްކަތް މުޅިން ނިންމާލެވޭނެ ތާރީޚެއް ލިޔުމުން ސާފުކުރުމަށް މިނިސްޓަރ މަހުލޫފުގެ އަރިހުން ސާފު ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވަނީ ހުށަހަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ާ ާއައިރާ
މި ސޮރަށް މިރުސް ގަހެކޭ ކިޔާފަ އިންދަން ލިބުނީ ހިކިފަ އިން ތަނޑި ގަނޑެއް އޮތަ. ތަންކޮޅެއް ހޭޖެހޭ ކަމެއް ކުރި ނަމަވެސް ކޮންފަދަ. ޤަމާރު ކަމުންވެސް ހައްދެއް ނެތް. މީހުން ބުނޭ ވަރަށް ބޯގަޅި މީހުން އުޅޭ ރަށެކޭ. މިހާރު އެންގޭ ތެދުވާހަކަ އެއްކަން.ހަހަހަހަހަ