މެންބަރު ޝަރީފްގެ ބިދޭސީ މުވައްޒަފަކު ގެއްލިގެން ހޯދަނީ

މެންބަރު ޝަރީފްގެ ބިދޭސީ މުވައްޒަފަކު ގެއްލިގެން ހޯދަނީ

Author
މުޙައްމަދު ޖިމީ
14 ނޮވެމްބަރ 2021 10:39
0

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (އައްޑޫ ޝަރީފް)ގެ ބިދޭސީ މުވައްޒަފަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާ ގެންގުޅޭ ބިދޭސީ މުވައްޒަފެއްކަމަށްވާ އަލް އަމީން ނަމަކަށް ކިޔާ ބިދޭސީ މީހާގެ ޚަބަރެއް ނުވެގެން ހޯދަން ފަށާފައިވަނީ ރޭ ފަތިހުން ފެށިގެންކަމަށެވެ. އަދިވެސް އޭނާ ފެނިފައިނުވާތީ އޭނާ ހޯދުމަށް ޢާންމުންގެ އެހީއަށް ޝަރީފް ވަނީ އެދިވަޑައިގެންފައެވެ.

ޝަރީފް ވަނީ އޭނާ ފެނިއްޖެނަމަ ނުވަތަ އޭނާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ވާނަމަ ހިއްސާކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފަކީ ފުޅާދާއިރާއެއްގައި ވިޔަފާރިވެސް ކުރާ ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.