މާލޭގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

މާލޭގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

Author
ހުސެއިން
14 ނޮވެމްބަރ 2021 04:23
0

މާލޭގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުންގެ ފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި، މިއަދު 15:42 އެހާކަންހާއިރު، މާލޭގެ މައްޗަންގޯޅިގައި ހުންނަ ފަޅު ގެއެއްގެތެރެއިން ނުބައި ވަސްދުވާތީ އެގެ ބަލާ ފާސްކުރިއިރު، މަރުވެފައިވާ ފިރިހެނަކު އެގޭތެރެއިން ފެނިފައިވާ ކަމުގައެވެ.

އެނގިފައިވާ ގޮތުގައި މަރުވެފައި އޮއްވާ ފެނުނީ މއ. އާފަލުގޭ، މުހައްމަދު މުޖުތަބާ އެވެ. އޭނާ ފެނުނީ ކުނިވަސް ދުވާތީ ގޮސް ބެލުމުންނެވެ.

ޚަބަރު އޮންލައިނަށް އެނގިފައިވާ ގޮތުގައި މަސްތުވާތަކރތީގެ ފަރުވާއަށް މާލެ އިން ބޭރުގައި ހުރުމަށް ފަހު އޭނާ މާލެ އައިސްފައިވަނީ ފާއިތުވެދިޔަ ހަފުތާގަ އެވެ. އަދި މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް ވީގޮތެއް ނޭގިގެއް އޭނާގެ އެކުވެރިންވެސް އުޅޭތާ ތިންވަރަކަށް ދުވަސް ވަނީ ވެފައެވެ.

މަރުވެފައިވާ މީހާގެ ހަށިގަޑު ފަޅު ގޭތެރެއިން ފުނުމާއެކު ފުލުހުން މިހާރުދަނީ އެސަރައްހަދުގައި ހަރަކާތްތެރި ވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.