ދައުވާ ކުރުމުގައި ބަލަނީ ލިބޭ ހެކިތަކަށް، މީހާގެ މަޤާމާއި، ނަމަކަށްނޫން: ޕީޖީ

ދައުވާ ކުރުމުގައި ބަލަނީ ލިބޭ ހެކިތަކަށް، މީހާގެ މަޤާމާއި، ނަމަކަށްނޫން: ޕީޖީ

Author
މުޙައްމަދު ޝަޒައިމް
14 ނޮވެމްބަރ 2021 02:42
0

ކުޑަކުދިންގެ ހިޔާގެ ކުދިންތަކަކަށް އަނިޔާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ފުލުހުންގެ މައްޗަށް ދައުވާކުރުމަށް ފޮނުވަމަކީ ކުރަން ބޭނުންވި ކަމެއް ނޫންކަމަށާއި، ނަމަވެސް ޤާނޫނީ ހަމަހަމަކަން ޤާއިމް ކުރުމަކީ ކުރައްވާނެ ކަމެއްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ކުޑަކުދިންގެ ހިޔާގެ ކުދިންތަކަކަށް އަނިޔާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި 13 ފުލުހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހުން ވަނީ ކޯޓަށް ހުށަހަޅާފައެވެ. މިމައްސަލަގައި ނޫސްވެރިކައަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޖީ ޝަމީމް ވިދާޅުވީ ކުޑަކުދިންނައި ގުޅުންހުރި މައްސަލަތަކަކީ އެއޮފީހުން ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ މައްސަލަތަކެއްކަމަށެވެ.

މިމައްސަލައިގައި މިހާރު ދައުވާ އުފުލާފައިވަނީ ކުޑަކުދިން ބިޑި އެޅުވި މައްސަލާގައިކަމަށާއި، އަދި މިކަމުގައި ހިނގާދިޔަ ގިނަ ކަންތައްތަކެއް މިހާރުވެސް ބަލަމުންދަކަމަށް ޕީޖީ ވިދާޅުވިއެވެ. ޕީޖީ ވިދާޅުވީ މިމައްސަލާގައިވެސް އަދި އެހެން މައްސަލައެއްގައިވެސް ފުލުހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވަމަކީ ކުރަންބޭނުން ކަމެއްނޫންކަމަށެވެ.

ނަމަވެސް މައްސަލައިގެ ބާވަތުން، ދައުލަތުގެ ތަންފީޒީ އިދާރާތަކަށްވެސް އަދި މުޅިދައުލަތަށްވެސް އެގެންވީ ކަމަކީ ޤާނޫނަކީ ހަމަހަމަ ކަމާއިއެކު އެންމެންގެ މައްޗަށް ހިނގާ އެއްޗެއްކަމަށެވެ. ޕީޖީ އޮފީހުން ދައުވާ ކުރުމުގައި ބަލަނީ މީހާގެ ނަމަށް، ހުރި މަޤާމަކަށް ނޫންކަމަށާއި، އެއޮފީހުން ބަލަނީ ލިބޭ ހެކިތަކުގެ މައްޗަށް ކަމުގައި ޕީޖީ ވިދާޅުވިއެވެ.

ކުޑަކުދިންގެ ހިޔާގެ ކުދިންތަކަކަށް އަނިޔާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި 13 ފުލުހެއްގެ މައްޗަށް ދައުވާކުރުމަށް ނިންމާފައިވާ ނިންމުމާ ގުޅޭގޮތުން ނެރުނު ނޫސް ބަޔާނެއްގައި ފުލުހުން ވިދާޅުވީ، ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ 12 އަހަރުން މަތީގެ ކުދިންނަށް އަމާޒުކޮށްގެން 2017 ވަނަ އަހަރު މޯލްޑިވްސް ޕޮލިސް ސާރވިސްއާއި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ގުޅިގެން ކ.ތުލުސްދޫގައި ހިންގި ކޭމްޕްގައި ކުޑަކުދިންގެ ހައްޤަކާއި ކަރާމާތަށް އުނިކަން އަތުވެދާނެފަދަ އެއްވެސް ކަމެއް ހިނގާފައިވާކަމުގެ ރިޕޯޓެއް، ދަޢުލަތުގެ އެއްވެސް މުއައްސަސާއަކުން މީގެ ކުރިން ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައި ނުވާކަކަމަށެވެ.

ފުލުހުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދަޢުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތަކުން ބޭއްވި ބައްދަލުވުމެއްގައި ނިންމައި، ހިޔާގައި ތިބި ކުދިންގެ މަސްލަހަތުގައި ފުލުހުންގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ އެ ކޭމްޕަކީ އެކުދިންނަށް ބޭނުންތެރި، ކޭމްޕްގެ ފައިދާ މިހާރުވެސް އެކުދިންނަށް ކުރަމުންދާ ކޭމްޕެއްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.