"އިންޑިއާ އައުޓު" ހަރަކާތުގެ ފަހަތުގައި ތިބީ ޗައިނާއާއި ޕާކިސްތާން ކަމުގައި އިންޑިއާއިން ތުހުމަތު ކުރޭ: އަލްޖަޒީރާ

"އިންޑިއާ އައުޓު" ހަރަކާތުގެ ފަހަތުގައި ތިބީ ޗައިނާއާއި ޕާކިސްތާން ކަމުގައި އިންޑިއާއިން ތުހުމަތު ކުރޭ: އަލްޖަޒީރާ

Author
ހުސެއިން
13 ނޮވެމްބަރ 2021 07:23
0

އިދިކޮޅު ޕީޕީއެމްއިން އިސްނަގައިގެން ކުރިޔަށް ގެންދާ "އިންޑިއާ އައުޓް" ހަރާކްތަކީ، ޗައިނާ ސަރުކާރާ އަދި ޕާކިސްތާން ސަރުކާރުން ފަހަތުގައި އޮވެގެން ރާއްޖޭގައި ކުރިޔަށް ގެންދާ ހަރާތެއް ކަމުގައި އިންޑިއާއިން ތުހުމަތު ކުރާ ކަމުގައި އަލްޖަޒީރާ ނިއުސް ނެޓްވާކުން ބުނެފިއެވެ.

"އިންޑިއާ އައުޓު"ގެ ނަމުގައި އިދިކޮޅު ޕީޕީއެމްއިން ކުރިޔަށް ގެންދާ މުޒާހިރާތައް ފުޅާވެ، މި މުޒާހިރާތަކުގައި މިހާރު ގިނަ އަދަދެއްގެ އާންމު ރައްޔިތުންގެ ބައިވެރިވާން ފަށާފައިވާއިރު، މިމުޒާހިރާތަކުގެ އަޑު ރާއްޖެއިން ހަފޮޅުން ބޭރުވެ، ބައިނަލް އަގުވާމީ މީޑިއާތަކުގެ ސަމާލުކަމަށް މިހާރު މި މުޒާހިރާތަށް ވަނީ އައިސްފައެވެ. މިގޮތުން، އިއްޔެ މާލޭގެ މަގުތަކުގައި ބޭއްވުނު އިންޑިއާ އައުޓް މުޒާހިރާގެ ޚަބަރުތައް ފުރަތަމަ ފަހަރަށް ވަނީ، ދުނިޔޭގެ އެންމެ ބޮޑު އެއް ނިއުސް ނެޓްވާކް ކަމަށްވާ އަލްޖަޒީރާއިން ރިޕޯޓު ކޮށްފައެވެ.

މިހަފްތާ ބަންދުގައި، އިދިކޮޅު ޕީޕީއެމްއިން އިންތިޒާމްކޮށްގެން ބޭއްވި އިންޑިއާ އައުޓް މުޒާހިރާއަކީ، އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދިއުމަށް ގޮވާލާ، ފަހަކަށް އައިސް ގިނަ ބަޔަކު އެއްވި މުޒާހިރާއެއްގެ ގޮތުގައި ފާހަގަ ކޮށްލެވެއެވެ.

އެންމެ ފަހުން ބޭއްވުނު އިންޑިއާ އައުޓް މުޒާހިރާ ކަވަރު ކުރުމުގެ ގޮތުން އަލްޖަޒީރާއިން ގެނެސްދިން ސެގްމަންޓަށް މައުލުމާތު ދީފައިވަނީ، ރާއްޖޭގައި ހިންގަމުންދާ ސަރުކާރާ ދެކޮޅު ނޫހެއް ކަމުގައިވާ ދިޔަރެސް ނޫހުގެ ޖާނަލިސްޓް އަހުމަދު އަޒާން މަރުޒޫގެވެ. މިގޮތުން އިންޑީއާ އައުޓު މުޒާހިރާ ކަވަރު ކުރުމަށް އަލްޖަޒީރާއިން ގެނެސްދިން މެ ސެގްމަންޓުގައި، އިއްޔެ މާލޭގެ މަގުތަކުގައި ބޭއްވިގެންދިޔަ މިމުޒާޙިރާގެ މަންޒަރުތައް ދައްކަމުން ދިޔައިރު، މި އެއްވުމާއި ގުޅުންހުރި މައުލުމާތު އަލްޖޒީރާ ނިއުސް ޗެނަލަށް ޖާނަލިސްޓު އަޒާންވަނީ ދެމުން ގޮސްފައެވެ.

އިންޑިއާ އައުޓް ކެމްޕޭނާ ގުޅޭގޮތުން، އިދިކޮޅު ޖާނަލިސްޓް އަޒާން އަލްޖަޒީރާއަށް މައުލޫމާތު ދެއްވަނީ

އަލްޖަޒީރާ ނިއުސްއަށް މައުލޫމާތު ދެމުން އޭނާ ވިދާޅުވެފައިވަނީ އިންޑިއާ ކަނޑަށް އިންޑިއަން އޯޝަންގެ ނަމުން މުޚާތަބް ކުރެވުނު ނަމަވެސް އެއީ އިންޑިއާގެ އަމިއްލަ ކަނޑެއް ނޫންކަމަށާއި އެހެންނަމަވެސް މި ކަނޑުގެ ސަރަހައްދުގައި އިންޑިއާގެ ޚާއްސަ މަސްލަހަތުތަކެއް ވާކަމަށެވެ. އެހެހްނަމަވެސް، ރާއްޖެއަކީ، މިހާތަނަށް ބައިނަލް އަގުވާމީ މައްސަލަތަކުގައި ވަކިފަރާތަކަށް ޖެހިފައިވާ ގައުމެއް ނޫންކަމަށާއި އެހެންނަމަވެސް، މިސަރުކާރުން އިންޑިއާގެ މަސްލަހަތުތަކަށް ތާއީދުކުރަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން، އެމެރިކާ، ޗައިނާ އަދި އޮސްޓްރޭލިއާފަދަ ގައުމުތަކުގެ މެދުގައި އޮތް ބައިނަލް އަގުވާމީ ބޮޑެތި މައްސަލަތަކުގެ ތެރެއަށް ރާއްޖެއަށް ވަންނަން މަޖުބޫރުވެގެން ގޮސްފައިވާ ކަމަށެވެ.

އަދި އަލްޖަޒީރާއިން ގެނެސްފައިވާ މި ކަވަރޭޖްގައި އެ ނިއުސް ޗެނަލް އިން ބުނެފައިވަނީ، ރާއްޖޭގައި މިހާރު ކުރިޔަށްދާ އިންޑިއާ އައުޓުް ކެމްޕޭނަށް ޗައިނާ އަދި ޕާކިސްތާނުން އެހީތެރިކަން ފޯރު ކޮށްދެމުންދާކަމުގެ ތުހުމަތު އިންޑިއާ ސަރުކާރުން ކުރަމުންދާ ކަމުގައެވެ.

އިންޑިއާ އައުޓު މުޒާހިރާތައް ފުޅާވަމުން ގޮސް، މިމުޒާހިރާތަކުގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވެ، އަދި "އިންޑިއާ އައުޓު" އަޑުތައް ބައިނަލް އަގުވާމީ މީޑިއާތަކާއި ހަމައަށް ފޯރާފައިވާއިރު، "އިންޑިއާއަށްޓަކާ ރާއްޖޭހެ މިނިވަންކަން ގުރުބާން ކޮށްފައިވާ" ކަމަށް ސަރުކާރުގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީ ވުމަށް މި ސަރުކާރު މާބޮޑު ސިޔާސަތެއް ގެންގުޅެމުން ދާތަނެއް ފެންނާކަށް ނެތެވެ.

އިދިކޮޅު ފަރާތްތަކުން، ސަރުކާރުގެ މައްޗަށް ކުރަމުންދާ ސީރިއަސް އަދި މި ބޮޑު ތުހުމަތުތަކުގެ ވާހަކަަތައް ބައިނަލް އަގުވާމީ މީޑިއާތަކުން ގެނެސް ރިޕޯޓު ކުރަމުން ދާއިރު، ސަރުކާރުގެ ހިމާޔަތުގައި ދައުލަތުގެ ވަޒީރުންވެސް ވާހަކަ ދައްކާ މަންޒަރު ފެންނަމުންނެއް ނުދެއެވެ. ސިޔާސީ އިސް މަގާމްތަކުގައި އެތައް ބަޔަކު ތިބި އިރުވެސް، އިންޑިއާއަށް ތާއީދުކޮށް، ސިޔާސީ ވަޒީފާތަކުގައި ތިބި ގިނަ މުވަޒަފުން ބަސް ބުނަމުން ނުދާކަންވެސް ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.