ހުޅުމާލޭ ފްލެޓެއްގައި ގޭސް ފުޅިއެއް ގޮވައިފި

ހުޅުމާލޭ ފްލެޓެއްގައި ގޭސް ފުޅިއެއް ގޮވައިފި

ހުޅުމާލެ ޢާޒީ ސްކޫލް ކައިރީގައި ހުންނަ ފްލެޓެއްގައި ގޭސް ފުޅިއެއް ގޮވައިގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވެއްޖެއެވެ.

އެމެންޑީއެފްއިން ވިދާޅުވީ ފުލެޓް، 0584G ގެ ގްރައުންޑްފުލޯގައި ގޭސް އެކްސްޕްލޯޝަނެއް ހިގައިގެން އެމްއެންޑީއެފް ހުޅުމާލެ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވާން ފަށައިފައިވާކަމަށެވެ.

މިހާދިސާ ހިނގަން މެދުވެރިވީ ގޭސް އުނދުނަށް ގުޅާފައިހުރި ގޭސް ހޮޅީގެ ބުޑުން ގޭސް ލީކުވެފައިވަނިކޮށް އުނދުން ރޯކުރަން އުޅުމުގެ ސަބަބުންކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަދި މިހާދިސާގައި އުނދުން ރޯކުރަން އުޅުނު ކުއްޖާގެ ހެދުމުގެ އަތްކުރި އަނދައަިގެން ދިއުން ފިޔަވާ އިތުރު ގެއްލުމެއް ނުލިބެއެވެ. މިހާދިސާ ހިނގާފައިވަނީ މިއަދު އިރުއޮއްސި 18:46 ހާއިރުކަމަށް އެމްއެންޑީއެފްއިން ވިދަޅުވެއެވެ.

މި ހާދިސާއާ އެކު ހުޅުމާލޭގައި މިއަދު ވަނީ ތިން އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. މިގޮތުން ހުޅުމާލޭގައި ހުންނަ ރޯ ހައުސްއެއްގައި ވަނި އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އަދި ދެވަނަ ފިޔަވަހީގައިވެސް ވަނީ އަލިފާންގެ ހާދިސާއެއް ހިނގާފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *