ޖޫލިއަން އަސާންޖް: އެމެރިކާއިން ދަނީ އޭނާ އަގައުމަށް ޝަރީއަތްކުރުމަށް ގެންދިއުމަށް އިގިރޭސިވިލާތުގެ ކޯޓުތަކުގައި ވަކާލާތުކުރަމުން

ޖަލުގައި ހުރެގެން ލޯބިވެރިޔާއާއި ކައިވެނި ކުރުމުގެ ހުއްދަ ވިކިލީކްސްގެ އަސާންޖަށް ދީފި

ޖަލުގައި ހުރެގެން ލޯބިވެރިޔާއާއި ކައިވެނި ކުރުމުގެ ހުއްދަ ވިކިލީކްސްގެ އަސާންޖަށް ދީފި

ވިކިލީކްސްގެ ބާނީ، ޖޫލިއާން އަސާނަޖަށް، އިނގިރޭސިވިލާތުގެ ބެލްމާޝް ޖަލުގައި ހުރެގެން، އޭނާގެ ލޯބިވެރިޔާ ސްޓެއްލާ މޮރިސް (fiancé Stella Moris)އާއި ކައިވެނު ކުރުމުގެ ހުއްދަ ދީފައިވާ ކަމަށް ބީބީސީން ރިޕޯޓު ކޮށްފިއެވެ.

ދެކުނު އެފްރިކާއަށް އުފަން ގާނޫނީ ވަކީލެއް ކަމުގައިވާ މޮރިސް ބުނެފައިވާ ގޮތުގައި، އަސާންޖު އިނގިރޭސިވިލާތުގައި ހުންނަ އީކުއަޑޯރގެ އެމްބަސީގައި އަމިއްލައަށް ހައްޔަރުވެގެން ހުރި މުއްދަތުގައި، އެ ދެމީހުންނަށްވަނީ ދެ ފިރިހެން ކުދިން ލިބިފައެވެ.

ލަންޑަންގެ ސެކިއުރިޓީ ވަރުގަދަ ބެލްމާޝް ޖަލުގެ ފަރާތުން ބުނެފައިވަނީ، އަސާންޖުގެ އެޕްލިކޭޝަން، "އާންމު އުސޫލުގެ މަތިން ޕްރިޒަންސް ގަވަރުނަރު ބަލައިގެންފައި،" ވާކަމުގައެވެ.

މި ނިންމުމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން މޯރިސް ބުނެފައިވަނީ، އެމީހުން ހުށަހެޅި ސަބަބުތައް ޖަލުން ބަލައިގެންފައިވާތީ އުފާކުރާ ކަމުގައެވެ. އަދި އޭނާ އިތުރަށް ބުނެފައިވަނީ، މި ނިންމުމަށް ދެން އިތުރު ބަދަލެއް ނުގެންނާނޭކަމަށް އޭ އުއްމީދުކުރާ ކަމުގައެވެ.

އަސާންޖްއާއި ބައްދަލު ކުރުމަށް އިނގިރޭސިވިލާތުގެ ބެލްމާޝް ޖަލަށް ދެ ލޯބިވެރިންނަށް ލިބިފައިވާ ދެކުދިންނާއެކު ޒިޔާރަތް ކުރުމަށްފަހު ޖަލު ކައިރީހުރެގެން މޯރިސް ނޫސްވެރިންނަށް މައުލޫމާތު ދެނީ

އިނގިރޭސިވިލާތުގެ ކައިވެންނާބެހޭ ގާނޫނު 1983ގައި ވާގޮތުން، ގައިދީންނަށް ޖަލުގައި ތިބެގެން ކާއިވެނި ކުރުމުގެ ފުރުސަތު ލިބެއެވެ. އަދި ކައިވެނީގެ ކުރިހާ ޚަރަދެއް ކުރަންޖެހެނީ ކައިވެނިކުރާ ދެމީހުން އަމިއްލައަށެވެ.

މޮރިސްއާއި އަސާންޖުއާއި އެންމެ ފުރަތަމަ ބައްދަލުވެފައިވަނީ، މޮރިސް އަސާންޖުގެ ގާނޫނީ ޓީމާއި ގުޅުމަށްފަހު 2011ވަނަ އަަހަރުއެވެ.

ހުޅަގުގެ މީޑިއާއަކަށް މީގެކުރިން މޮރިސް ދީފައިވާ ބަސްދީގަތުމެއްގައި ބުނެފައިވަނީ، އޭނާއާއި އަސާންޖް ލޯބީގެގޮތުން ގުޅިފައިވަނީ 2015 ވަނަ އަހަރު ކަމަށެވެ. އަދި ބުނެފައިވަނީ، އޭނާ ގިނިކަންޏާ މިހާރު ގެންދަނީ އަސާންޖްގެ ދެދަރިން ބަލަމުން ކަމުގައެވެ.

މޮރިސް ބުނެފައިވާ ގޮތުގައި، އޭނާގެ ދެދަރިން އުފަންވި މަންޒަރު އަސާންޖުވަނި ވީޑިއޯ ލިންކު މެދުވެރިކޮށް ބަލާފައި ކަމުގައެވެ.

މިހާރު އުމުރުން 50 އަހަރުގެ އަސާންޖް ހައްޔަރު ކޮށްފައިވަނީ، 2019ވަނަ އަހަރު އޭނާގެ ބެއިލްގެ މުއްދަތު ފަހަނައަޅާ ދިއުމަށްފަހުއެވެ. އޭގެ ކުރިން އޭނާވަނީ، ލަންޑަންގައި ހުންނަ އިކުއެޑޯރ އެމްބަސީގައި އަމިއްލައަށް ބަންދުވެގެން 7 އަހަރު ދިރިއުޅެފައެވެ.

2012ވަނަ އަހަރު އޭނާ އެ އެމަބްސީން ސިޔާސީ ހިމާޔަތް ހޯދީ، ޖިންސީ ގޯނާގެ މައްސަލައެއްގައި އޭނާ ސުވިޑެންއާއި ހަވާލުކުރާނެކަމަށް ބަލާ އެކަމުން ސަލާމަތް ވުމަށެވެ. 2019ވަނަ އަހަރު، އެ ތުހުމަތުތަކަށް މާގިނަ ދުވަސް ފާއިތުވެގެން ދިއުމާ ގުޅިގެން ސްވިޑްންއިންވަނީ އެމައްސަލަ ދޫކޮށްލާފައެވެ. އެހެންނަމަވެސް އަސާންޖް ޖަލުން މިނިވަން ކޮށްފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *