ރާޢީގެ ފާޑުކިޔުން އަދާލަތަށް: ގާތް މީހުންނަށް މަޤާމުލިބުމަކީ ސިޔާސީގޮތުން ޕާޓީ ބާރުގަދަވުމެއް ނޫން!

ރާޢީގެ ފާޑުކިޔުން އަދާލަތަށް: ގާތް މީހުންނަށް މަޤާމުލިބުމަކީ ސިޔާސީގޮތުން ޕާޓީ ބާރުގަދަވުމެއް ނޫން!

ގުޅުންހުރި

ޕާޓީގެ ހަމައެކަނި ގާތް ބޭފުޅުން ނަށް މަޤާމް ލިބުމަކީ އަދި ސިޔާސީގޮތުން ޕާޓީ ބާރުގަދަވެ، ރައްޔިތުން އެކަން ބަލައި ގަތުން ނޫންކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު ރާޢީ، އަދާލަތު ޕާޓީއަށް ފާޑުވިދާޅުވެއްޖެއެވެ.

މެންބަރު ރާޢީ ގެންދަވަނީ ތަކުރާރުކޮށް އަދާލަތު ޕާޓީއަށާއި، އެޕާޓިގެ ރައީސް އަދި ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲއަށް ފާޑު ވިދާޅުވަމުންނެވެ. ރަޢީ މިފަހަރު އަދާލަތަށް ފާޑުވިދާޅުވެފައިމިވަނީ ނިޒާމް ބަދަލުކުރުމަށް މަޝްވަރާކުރުމަށް ހުރިހާ ސިޔާސީ ޕާޓީތަކުންވެސް ރުހޭކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނިކޮށެވެ.

މެންބަރު ރާޢީ ވިދާޅުވީ، ނިޒާމްގެ ވާހަކަ ދައްކަން ޕާޓީގެ ކޮންމެވެސް އުރައްޕެއްވެސް ހުންނަށްވާނެކަމަށެވެ. ކޯލިޝަންގެ ތެރެއިން ސަރުކާރުގެ ވުޒާރާތަކުގެ މިނިސްޓަރު ކަމާއި ޕާޓީގެ ހަމައެކަނި ގާތް ބޭފުޅުންނަށް މަޤާމް ލިބުމަކީ އަދި ސިޔާސީގޮތުން ޕާޓީ ބާރުގަދަވެ، ރައްޔިތުން އެކަން ބަލައި ގަތުމެއް ނޫނުންކަމަށްވެސް ރާޢީ ވިދާޅުވިއެވެ.

ރާޢީ މިހެން ވިދާޅުވެފައިވާއިރު، އަދާލަތު ޕާޓީ ސަރުކާރުގައި ވަރަށް ނުފޫޒް ގަދަކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ނަމަވެސް މަޖިލީހުގައި އަދާލަތުގެ އެންމެ މެންބަރެއްވެސް ނެތުމުން އަދާލަތަށް އަމާޒުވާ ފާޑުކިޔުން އިތުރެވެ.

ރާއްޖެގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އެކި ޕާޓީތަކާއެކީ މަސައްކަތްތަކެއް ކުރެއްވުމަށްފަހު، ނަޝީދު މިހާރު ވިދާޅުވަމުން ގެންދަވަނީ، މި މަސައްކަތުގައި އަދާލަތު ޕާޓީގެ ތާއީދު އޮތް ކަމުގައެވެ. ރާއްޖޭގައި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމުގެ މަޝްވަރާ އަށް އަދާލަތު ޕާޓީން ތައްޔާރު ކަމަށާއި ނަމަވެސް މި ވަގުތު އެ ޕާޓީގެ އަމާޒު ހުރީ މިހާރު އޮތް ރިޔާސީ ނިޒާމުގެ ތެރެއިން ވީހާ ވެސް ގިނަ ހިދުމަތްތަކެއް ދިނުމަށް ކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް، ބަރުލަމާނީގެ މަސައްކަތުގައި ހުރިހާ ޕާޓީއެއްގެ ތާއީދު އޮތްކަމަށް ވިދާޅު، ނަޝީދު ދެއްކެވި ވާހަކަފުޅުގައި، މި މަސައްކަތުގައި ވަކީން ޚާއްސަކޮށް އަދާ؛ަތު ޕާޓީގެ ތާއީދު އޮތްކަމަށް މޭރުންކޮށް ނަޝީދު ވިދާޅުވި ނަމަވެސް، އަދާލަތު ޕާޓިގެ ބައެއް އިސް ފަރާތްތަކުން ވަނީ، މި މަސައްކަތުގައި އަދާލަތު ޕާޓީން ގޮތެއް ނިންމަވާފައި ނުވާކަން ދޭހަވާގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވާފައެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކޮށްލުމަށް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ކޯލިޝަންގެ ގިނަޕާޓީތަކުންވެސް ވަނީ ފާޅުގައި ދެކޮޅު ހައްދަވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ