ތަރައްގީގެ ވާހަކަ ދައްކަން ފެށޭނީވެސް ގައިން ތާހިރުވެ ތިބެގެން: ރައީސް

ތަރައްގީގެ ވާހަކަ ދައްކަން ފެށޭނީވެސް ގައިން ތާހިރުވެ ތިބެގެން: ރައީސް

ވޭތުވެދިޔަ 3 އަހަރަށް ފެށުމުގެ ކުރިން ވެސް ވިދާޅުވި ވާހަކައެއް މިއަދުވެސް ހަނދާނުގައި އެބަހުރިކަމަށާއި، އެއީ، ތަރައްގީގެ ވާހަކަ ދައްކަން ފެށޭނީވެސް ގައިން ތާހިރުވެ ތިބެގެންކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހު ވިދާޅު ވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ 54 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ގައުމާ މުޚާތަބު ކުރައްވާ މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

މިޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ، ދިވެހިޖުމްހޫރިއްޔަތުގެ ތެރޭން، ދިވެހިން ފާއިތުމިކުރި 3 އަހަރުގެ މައިގަނޑު އެއް އަމާޒަކީ، ހުރިހާ ރަށެއްގައި ސާފު ފެނާ، ނަރުދަމާގެ މަސައްކަތް ހިންގުން ކަމުގައެވެ. އަދި ކުރިއަށް އޮތް ދެއަހަރާއެކު، ދިވެހި ޖުމްހޫރިއްޔާއަށް މިހާތަނަށް އަންނާނެ އެންމެ ސާފުތާހިރު ފަސްއަހަރު ކަމުގައި، މިފަސްއަހަރު ވެގެންދާނެ ކަމުގަ، މިހާރު ކުރިޔަށްދާ ރަށްރަށުގެ ބޯފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަޝްރޫޢުތަކަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވެފައި ވެއެވެ.

މިރޭ ބޭއްވިގެންދިޔަ ޖުމުހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުންގެ ހެލިފެލިވުމާ ގުޅިފައިވަނީ، އިގްތިޞޯދީ ޙަރަކާތްތައް ކަމަށާއި، އިގްތިޞޯދީ ހަރަކާތް ގުޅެނީ، ފުދުންތެރި މުޖުތަމައަކާ ކަމަށެވެ. އަދި ފުދުންތެރި މުޖުތަމައަކުން އުފެދެނީ، އަރަފޯދިގެންވާ ޖުމްހޫރިއްޔަތެއްގެ ވެރި މުސްތަގިއްލު ގައުމެއް ކަމަށާއި، ދިވެހިރާއްޖެ އައިގެން ދަތުރުކުރަމުން ވަޑައިގަންނަވަނީ، އެމިސްރާބަށް ކަމަށެވެ.

މީގެ އިތުރުން، ދިވެހިރާއްޖެ އޮތްދިގަށް، ސަރާސަރު ރާސްތާއެއްގައި، ވައިގެ މަގުން ގުޅާލެވޭނެ ކަމަށް ވިދާޅުވެ، ރައީސް ވިދާޅުވީ ކަނޑުދަތުރުގެ ވިހިތިރީސް މިނެޓްގެ ދަތުރަކަށްފަހު، ކޮންމެ ރަށެއްގައި ހުރި ކޮންމެ ރައްޔިތަކަށްވެސް އުދުއްސައިގަނެވޭނެ ކަމުގައެވެ. އަދި މިހާރު ކުރިޔަށްދާ އެއަރޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫޢުތަކަށް އިޝާރާތް ކުރައްވާ ރައީސް ސާލިހު ވިދާޅުވީ "ވައިގެ އެވިއުގަ އެދަނީ އެމުނެމުން، ގެތި ތަރުތީބު ވަމުން" ކަމުގައެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހުވަނީ، ސަރުކާރުން މިހާރު ކުރިޔަށް ގެންދަވާ ތަރައްގީގެ ބޮޑެތި ބައެއް މަޝްރޫޢުތަކަށްވެސް އަލި އަޅުއްވާލައްވާފައެވެ. މިގޮތުން ރައީސް ސާލިހު ވިދާޅުވީ، ތިލަމާލެ ކަނެކްޓިވިޓީގެ މަސައްކަތް ހުއްޓުމެއްނެތި ކުރިޔަށް ދާނެކަމަށާއި، ހައިސްޕީޑް ފެރީ ނެޓްވޯރކްގެ ހަރުފަތްތައް ދާނީ ގިރާ ކުރަމުން ކަމުގައެވެ. އަދި، ދަތުރުފަތުރުގެ ވިއުގައިގެ އަގު، ރައްޔިތުންނަށް ލާހިކު ކުރުމަށްޓަކާ އެކަށީގެންވާ ސަބްސިޑީ ސަރުކާރުން ދެމުންދާނެކަން ހާމަ ކުރައްވަމުން، ލަފާފުރުމުގެ ދަތިކަން ހައްލު ކުރުމަށް، 100 އަށްވުރެ ގިނަ ބަނދަރެއްގެ މަސައްކަތް އެކިމަރުހަލާގައި ކުރިޔަށް ދާނެކަމުގައިވެސް މިޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން އިއާދަ ކުރަނިވި ހަކަތައާ އެކުއެކީ، ކަރަންޓްގެ އިތުބާރު ބޮޑު ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ދާކަމަށާއި، ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ ތަރައްޤީގެ ކަންކަން ހުއްޓުމެއްނެތި މި ސަރުކާރުން ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން މިޖަލްސާގައި ރައީސް ސާލިހު ދެއްވާފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *