ހަތިމަށްވެސް ކުޅު ޖެހި މައްސަލައިގައި ހައްޔަރު ކުރި ހަސަން ޒިޔާދުގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.
ކްރިމިނަލް ކޯޓުން އޭނާ 10 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައި ވަނީ މުޖުތަމައުގެ ސަލާމަތާކއި ރައްކާތެރިކަމަށްޓަކައި ކަމަށް ވިދާޅުވެއެވެ.
ހަސަން ޒިޔާދު މުޖުތަމައުގެ ތެރެއަށް ދޫކޮށްލާފައި ހުއްޓާ މިދިޔަ ހަފްތާގައި ވެސް އޭނާ ވަނީ މިސްކިތެއްގެ ގޯތިތެރަށް ކުޑަކަމު ގޮސްފައެވެ. ނަމަވެސް އެފަހަރު އޭނާ ހައްޔަރު ކޮށްފައެއް ނުވެއެވެ. އޭނާއަކީ ނަފްސާނީ މައްސަލައެއް ހުންނަ މީހެއް ނޫން ކަމަށް ޖެންޑާ މިިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
މި މީހާ ފުރަތަމަ ފަހަރަށް ހައްޔަރުކުރީ ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒުގެ މިސްކިތުބަޔާއި އަދި ރައީސް އޮފީސް ދޮރުމައްޗަށް ކުޑަކަމުދިޔަ މައްސަލައިގައެވެ. އެއީ މިދިޔަ މަހުގެ 3ވަނަ ދުވަހުއެވެ. އެފަހަރު ދެ ފަރަތެއްގެމަތިން ބަންދުގެ މުއްދަތު އިތުރުކޮށް އޭނާ ބަންދުކޮށްފައިވެއެވެ.
މައްސަލައިގެ ތަހުޤީގު ނިންމައި ދަޢުވާކޮށްދިނުމަށްއެދި، މިދިޔަ މަހުގެ 24ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފުލުހުންވަނީ ފޮނުވާފައެވެ. އެ މީހާ ފުލުހުންގެ ބެލުމުގެދަށުން ދޫކޮށްލީ މިދިޔަ މަހުގެ 25ވަނަ ދުވަހުއެވެ. މިސްކިތާއި ރައީސް އޮފީސް ދޮރުމައްޗަށް ކުޑަކަމުދިޔަ މީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަމަށް ފުލުހުން މީގެކުރިން ވަނީ ވިދާޅުވެފައެވެ. ރައްޔިތުންގެ މަޖިލީގައި ވާހަކަދައްކަވަމުން، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲވަނީ އެނާއަކީ މަސްތުވާތަކެތީގެ ވަބާގަ ޖެހިފައިވާ މީހެއްކަމަށް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ