އާލިއާ ބަޓް ހޮލީވުޑަށް؟

އާލިއާ ބަޓް ހޮލީވުޑަށް؟

Author
ޢަލީ އާދަމް
08 ނޮވެމްބަރ 2021 10:51
0

ބޮލީވުޑްގެ ޒުވާން ތަރި އާލިއާ ބަޓް ހޮލީވުޑަށް ތަޢާރަފްވުމުގެ މަސައްކަތް ފަށައިފިއެވެ.

ބޮލީވުޑްގެ ގިނަ އަންހެން އެކްޓަރުންތައް ފަދައިން އާލިއާވެސް ހޮލީވުޑަށް ތަޢާރަފް ވުމަށް މަސައްކަތް ކުރާއިރު، ހޮލީވުޑްގައި އޭނާގެ ފުރަތަމަ މަސައްކަތް އަންނަ އަހަރު ފެށުމަށް ތައްޔާރުވަމުން ދާކަމަށް އިންޑިއާގެ މުނިފޫހިފިލުވުމުގެ ޚަބަރުތަށް ގެނެސްދޭ މީޑިއާތަކުން ރިޕޯޓްކުރެއެވެ.

އިންޑިއާ ޓުޑޭގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އާލިއާ މިހާރުވަނީ އެމެރިކާގެ ޓެލެންޓް އޭޖެންސީ ޑަބްލިޔު.އެމް.އީ އާއެކު އެއްބަސްވުން ހަދާފައެވެ. އަދި މަސްދަރުތަކާއި ހަވާލާދީ އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި އާލިއާ މިހާރު އަންނަނީ އޭނާގެ ފުރަތަމަ ހޮލީވުޑް ޕްރޮޖެކްޓްގެ މައުލޫމާތު އަންނަ އަހަރުގެ ކުރީކޮޅު ހާމަކުރުމަށް ތައްޔާރުވަމުންނެވެ.

 

View this post on Instagram

 

A post shared by Alia Bhatt ☀️ (@aliaabhatt)

އާލިއާ އަކީ ހޮލީވުޑްގެ މަޝްހޫރު ތަރި ޖެނިފާ ލޯރެންސްގެ ބޮޑު ފޭނަކަށް ވާއިރު އާލިއާ މަސައްކަތް ކުރަމުން ދަނީ ޖެނިފާ ކުޅެފައިވާ ފަދަ ވަރުގަދަ ރޯލަކުން ހޮލީވުޑަށް ތަޢާރަފް ވުމަށެވެ. އެހެން ކަމުން އޭނާ މިހާރު ސްކްރިޕްޓްތައް ބަލަމުން ދާއިރު އޭނާއަށް ކަމުދާ ކަހަލަ އެއް ސްކްރިޕްޓް ލިބިފައި ވާކަމަށްވެސް ޚަބަރުތައް ބުނެއެވެ.

އާލިއާ ދެން އެންމެ އަވަހަށް ފެންނާނީ މިހާރު މަސައްކަތް ނިމިފައިވާ 2 ފިލްމު ކަމަށްވާ "އާރްއާރްއާރް" އާއި "ގަންގޫބާއި ކަތިއަވަޅީ" އިންނެވެ. މި ދެ ފިލްމުވެސް މިހާރު ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ ޖަނަވަރީ މަހަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.