ކަނޑުގެ ޤާނޫނާބެހޭ ބައިނަލް އަޤްވާމީ ޓްރައިބިއުނަލަށް މޮރިޝަސްއިން ހުށަހަޅާފައިވާ ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެމެދު ކަނޑުގެ ސަރަޙައްދު ބައިކޮށް ވަކިކުރުމާބެހޭ މައްސަލާގައި ދިވެހިސަރުކާރުން ވަރަށް ފުންކޮށް ވިސްނަންޖެހޭ ކަމަށާއި އަދި މިއީ ވަރަށް ސީރިއަސް އަދި އެހާމެ މުހިއްމު ޤައުމީ މައްސަލައެއް ކަމަށް ކުރީގެ ބަންޑާރަނައިބު ޑރ މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ކަނޑުގެ ޤާނޫނާބެހޭ ބައިނަލް އަޤްވާމީ ޓްރައިބިއުނަލް އަށް މޮރިޝަސްއިން ހުށަހަޅާފައިވާ ދިވެހިރާއްޖެއާއި މޮރިޝަސްއި ދެމެދު ކަނޑުގެ ސަރަޙައްދު ބައިކޮށް ވަކިކުރުމާބެހޭ މައްސަލައިގައި ޑރ.މުނައްވަރު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އައްޑުއަތޮޅުގެ ދެކުނުން ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު މޮރީޝަސްގެ ސިޔާދަތުގެ ދަށުގައިވާ ޗާރގޯސް އާރކިޕެލާގޯގެ ކަނޑުގެ ސަރަޙައްދާ ފުށުއަރާކަމަށްބުނެ މޮރިޝަސްއިން ކަނޑުގެ ޤާނޫނާބެހޭ ބައިނަލްއަޤްވާމީ ޓްރައިބިއުނަލްއަށް ސެޕްޓެމްބަރ 2010 ގައި ހުށަހަޅައިގެން ހިނގަމުން އަންނަ މި ދެޤައުމުގެ ދެމެދުގައި ކަނޑުގެ ސަރަޙައްދު ބައިކޮށް ވަކިކުރުމުގެ މައްސަލައަކީ ދިވެހިސަރުކާރުން ވަރަށް ފުންކޮށް ވިސްނަންޖެހޭ ވަރަށް ސީރިއަސް އަދި އެހާމެ މުހިއްމު ޤައުމީ މައްސަލައެއްކަމަށެވެ.
މި މައްސަލައަކީ ދިވެހިރައްޔިތުންނާއި ދިވެހި މަސްވެރިން، ޚާއްޞަކޮށް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ މަސްވެރިން ފުންކޮށް ވިސްނައި، ކަންބޮޑުވާންޖެހޭ މައްސަލައެއް.
ޑރ.މުނައްވަރު ވިދާޅުވިއެވެ.
ޑރ. މުނައްވަރު ވިދާޅުވީ ދިވެހިން ބަރޯސާކޮށްގެން މި މައްސަލަ ހުށަހެޅި ހިނގަމުން އަންނަތާ ދެ އަހަރު ދުވަހަށްވުރެ ގިނަ ދުވަސްވެ، ކައިރި ތާރީޚެއްގައި ދިވެހިރާއްޖެއިން މި މައްސަލައިގައި ޖަވާބުދޭން ޖެހިފައިވާއިރު މި ފަދަ މުހިއްމު މައްސަލައަކަށް ދޭންޖެހޭ އަހުމިއްޔަތާއި ސަމާލުކަން ދިވެހި ސަރުކާރުން މިމައްސަލައިގައި ދޭތަނެއްނުފެންނަ ކަމަށެވެ.
މިއީ ދިވެހީން، އަޅުގަނޑުމެންގެ މި މަސްކަނޑުތަކަށް އަޅުގަނޑުމެންގެ ދިރިއުޅުން ދިރިއުޅެމުންއަންނަ މީހުން ވަރަށް ކަންބޮޑުވާންޖެހޭ ކަމެއް. މި މައްސަލައަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ބަދަލުތަކެއް އައިސް، އަޅުގަނޑުމެންގެ މަސްވެރިކަމަށް ނޭދެވޭ އަސަރުތަކެއްކުރުމުގެ ބިރުއޮތް މިއްސަލައަކަށްވާތީ މިމައްސަލައިގެ މަޢުލޫމާތު ރައްޔިތުންގެ މަޖިލީހާއި ދިވެހިރައްޔިތުންނާއި ފުރިހަމައަށް ޙިއްޞާކުރުމަށް ދިވެހިރާއްޖޭގެ ބަންޑާރަނާއިބަށާއި މިނިސްޓަރ އޮފް ފޮރިންގ އެފެއާރޒްއަށާއި މިނިސްޓަރ އޮފް ޑިފެންސްއަށް ގޮވާލަން.
– ޑރ.މުނައްވަރު ވިދާޅުވިއެވެ.
އަދި މި މައްސަލައިގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް އެއްވެސް ނޭދެވޭ ބަދަލެއް ނުވަތަ އަސަރެއް ކޮށްފާނެ ފަދަ ނުވަތަ ދިވެހި މަސްވެރިންގެ އެއްވެސް
ޙައްޤަކަށް އުނިކަމެއް ލިބިދާފަދަ އެއްވެސްކަމެއް ނުކުރުމަށް ދިވެހި ސަރުކާރަށް މުނައްވަރު ވަނީ އިލްތިމާސް ކުރައްވާފައެވެ.
އައްޑުއަތޮޅުގެ ދެކުނުން ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު މޮރީޝަސްގެ ސިޔާދަތުގެ ދަށުގައިވާ ޗާރގޯސް އާރކިޕެލާގޯގެ ކަނޑުގެ ސަރަޙައްދާ ފުށުއަރާކަމަށްބުނެ މޮރިޝަސްއިން ކަނޑުގެ ޤާނޫނާބެހޭ ބައިނަލްއަޤްވާމީ ޓްރައިބިއުނަލްއަށް މައްސަލަ ހުށަހަޅާފައިވަނީ ސެޕްޓެމްބަރ 2019 ގައެވެ. މިއީ މި ދެޤައުމުގެ ދެމެދުގައި ކަނޑުގެ ސަރަޙައްދު ބައިކޮށް ވަކިކުރުމަށްޓަކައި މޮރިޝަސްއިން ހުށަހަޅާފައިވާ މައްސަލަ އެކެވެ.
ކޮމެންޓު ފޮނުވާ