ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް

ރައީސް ޞާލިހު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ

ރައީސް ޞާލިހު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ

ގުޅުންހުރި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މާދަމާ ސްރީލަންކާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ދަޢުވަތަކަށް މާދަމާ ރައީސް ޞާލިޙް މާދަމާ ސްރީލަންކާއަށް ވަޑައިގަންނަވާނެކަމަށެވެ. މަބްރޫކް ވިދާޅުވީ ރައީސްގެ މި ދަތުރުފުޅަކީ، 4 ޤައުމު ހިމެނޭހެން މާދަމާ ސްރީލަންކާގައި ފަށާ "މަހިންދަ ރާޖަޕަކްސަ ޓްރޮފީ ކަޕް 2021″ ފެށުމަށް ބާއްވާ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމަށް އެޤައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ދެއްވި ދަޢުވަތަކަށްކަމަށެވެ.

ރައީސް މާދަމާ ލަންކާއަށް ވަޑައިގަންނަވާއިރު ސްކޮޓްލެންޑުގެ ގްލަސްގޯގައި ކުރިޔަށްދިޔަ 2021ގެ ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް 26) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވީ މިމަހުގެ 4 ވަނަ ދުވަހުއެވެ.

މިމުބާރާތުގައި ވާދަކުރަނީ ސްރީލަންކާގެ އިތުރުން ދިވެހިރާއްޖެ، ބަންގްލަދޭޝް އަދި ސީޝެލްސްއެވެ. "މަހިންދަ ރާޖަޕަކްސަ ޓްރޮފީ ކަޕް 2021″ ފެށުމުގެ ރަސްމިއްޔާތު މާދަމާ ރައީސް ޞާލީހް ޝަރަފްވެރިކޮށްދެއްވާއިރު، މިމުބާރާތުގައި ރާއްޖެއިން ކުޅޭ ފުރަތަމަ މެޗް ކުޅޭނީ މާދަމާ ރޭ ސްރީ ލަންކާ އާއި ދެކޮޅަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ