ރަސްމާދޫ ބަނދަރު މަޝްރޫޢަށް އެމްޓީސީސީ ފްލީޓްގެ އެންމެ ބޮޑު އެކްސްކަވޭޓަރ

ރަސްމާދޫ ބަނދަރު މަޝްރޫޢަށް އެމްޓީސީސީ ފްލީޓްގެ އެންމެ ބޮޑު އެކްސްކަވޭޓަރ

Author
މުޙައްމަދު ޝަޒައިމް
07 ނޮވެމްބަރ 2021 10:36
0

ރަސްމާދޫ ބަނދަރު މަޝްރޫޢަށް އެމްޓީސީސީ ފްލީޓްގެ އެންމެ ބޮޑު އެކްސްކަވޭޓަރ ގެންގޮސްފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމަށް ބޭނުންވާ މަސައްކަތް ކުރުމަށް އެމްޓީސީސީ ފްލީޓްގެ އެންމެ ބޮޑު އެކްސްކަވޭޓަރ މިހާރު ވަނީ ހާރޑް-ސްޓްރޭޓާ ޑިމޮލިޝަންގެ މަސައްކަތަށް ހާބަރ ބޭސިންއަށް ޑިޕްލޯއި ކުރެވިފައި ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން 9000 އަކަ މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 377 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 600 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ޖެހުމުގެ މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޓީ.ސީ.ސީއާއި މި މަސައްކަތް ޙަވާލުކޮށްފައިވަނީ 10 ޑިސެމްބަރު 2019 ގައެވެ.

މި މަޝްރޫޢުއަކީ 21.97 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.