ޕިކްނިކް އައިލެންޑްގެ މަސައްކަތް އޭޕްރީލްގެ ކުރިން ނިންމަނީ

ޕިކްނިކް އައިލެންޑްގެ މަސައްކަތް އޭޕްރީލްގެ ކުރިން ނިންމަނީ

Author
މުޙައްމަދު ޖިމީ
06 ނޮވެމްބަރ 2021 09:20
0

މާލެ ސަރަޙައްދުގައި ތަރައްޤީކުރާ ޕިކްނިކް އައިލެންޑްގެ މަސައްކަތް ކުރުމަށް ސައިޓް މޮބިލައިޒްކޮށްފިއެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ޕިކްނިކް ދިއުމަށް ހިއްކަމަށް ކަނޑައަޅާފައިވާ ރަށް ހިއްކުމަށް މޮބިލައިޒްކޮށްފައިވާކަމަށެވެ. އަދި އެ ރަށުގެ މަސައްކަތް އަންނަ އަހަރުގެ އޭޕްރީލްގެ ކުރިން ނިންމާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވަޢުދުފުޅު ފުއްދޭނެކަމަށް އާޒިމް ވިދާޅުވިއެވެ.

މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން މުނިފޫހިފިލުވުމަށް ދަތުރު ދާނެ ރަށެއްގެ ގޮތުގައި ކ.ކުޑަގިރީ ހެދުމުގެ މަސައްކަތުގެ ދަށުން އެސަރަޙައްދުން 8 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާއި ޙަވާލުކޮށްފައިވަނީ 5 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިމަޝްރޫޢުގެ ދަށުން ކުޑަގިރީގައި 8 ހެކްޓަރުގެ ބިން ހިއްކާ 397 މީޓަރުގެ ބޮޑު ހިލައިގެ ބޭރުތޮއްޓަކާއި 428 މީޓަރުގެ ބޮޑުހިލައިގެ ފައިކައްޓެއް ޖެހުމަށްވަނީ ހަމަޖެހިފައެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.