ފިރިމީހާއަކީ ތަލައެއްކަން އެނގުމުން މައްސަލަ ފުލުހަށް

ފިރިމީހާއަކީ ތަލައެއްކަން އެނގުމުން މައްސަލަ ފުލުހަށް

Author
މުޙައްމަދު ޝަޒައިމް
02 ނޮވެމްބަރ 2020 07:36
0

އިންޑިއާގެ މުމްބާއީއަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ އަންހެނަކު، އޭނާގެ ފިރިމީހާގެ ތަލަކަން ފަޅާއެރުމުން މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ. އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ އިތުބާރު ގެއްލުވާލި ކަމަށް ބުނެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މި ދެމަފިރިން ކައިވެނިކޮށްފައި ވަނީ ދާދި ފަހުންނެވެ. އުމުރުން 29 އަހަރުގެ އެ ފިރިހެން މީހާއަކީ ޕްރައިވެޓް ފާމްއެއްގައި މަސައްކަތް ކުރާ މީހެކެވެ. އެ ފިރިހެން މީހާ މިހާރު އެ މައްސަލަ ތޭން ކޯޓަށް ވަނީ ގޮސްފައެވެ. އަދި އެ ކޯޓުން ވަނީ އޭނާ ފުލުހާއި އަމިއްލައަށް ހަވާލު ވުމަށް އެދިފައެވެ.

އެ މައްސަލަ ހުށަހެޅި އަންހެން މީހާ ބުނީ، ފިރިމީހާއަކީ ތަލައެއްކަން އެނގުމުން އޭނާއަށް ލިބުނީ ކުއްލި ސިހުމެއް ކަމަށެވެ. އަދި އޭނާ އުޅުނީ ވިގެއް ޖަހައިގެން ކަމަށާއި، އެކަން ކައިވެނި ކުރުމުގެ ކުރިން އެނގިފައި ނުވާ ކަމަށް އަންހެން މީހާ ބުނެފައި ވެއެވެ. އަދި އެކަން ކުރިން އެނގުނު ނަމަ އެ ފިރިހެން މީހާއާ ކައިވެނި ނުކުރާނެ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

އެކަމާއި އެ އަންހެން މީހާވަނީ ފިރިހެން މީހާގެ އާއިލާއާވެސް ބައްދަލުކޮށްފައެވެ. ނަމަވެސް އެ އާއިލާއިން ވަނީ އެކަމަކީ މާބޮޑު ކަމެއް ނޫންކަމަށް ބުނެ އެކަން ދޫކޮށްލުމަށް އެދިފައެވެ. އެ މައްސަލަ މިހާރު ފުލުހުން ވަނީ ފައިލްކޮށްފައެވެ. މީގެ ކުރިންވެސް އިންޑިއާގައި މިފަދަ ހާދިސާތައް ހިނގާފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.