އަދަބު ދިނުމުގެ  ގޮތުން، ޓައިވާންގެ އިސް 3 ލީޑަރަކަށް ޗައިނާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

އަދަބު ދިނުމުގެ ގޮތުން، ޓައިވާންގެ އިސް 3 ލީޑަރަކަށް ޗައިނާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

Author
ހުސެއިން
06 ނޮވެމްބަރ 2021 08:48
0

ޓައިވާންގެ ސިޔާސީ އިން 3 ލީޑަރަކަށް ޗައިނާއިން ދަތި ކުރުމުގެ ފިޔަވަޅު އަޅައިފިއެވެ. ޗައިނާއިން ޓައިވާންގެ ސިޔާސީ އިސް 3 ލީޑަރަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައި މިވަނީ، ޓައިވާންއިން އެގައުމަށް ބައިނަލް އަގުވާމީ ތާއީދާއި ސަޕޯޓު ހޯދުމަށް ޓައިވާން އިން ކުރަމުންދާ މައްކަތްތަކާއި ގުޅޭގޮތުން ދޭ އަދަބެއްގެ ގޮތުގައި ކަމަށްވެސް ޗައިނާއިން ބުނެފައިވެއެވެ.

މިގޮތުން، ޗައިނާއިން ބުނެފައިވަނީ، މިހާރު މި އެޅި ފިޔަވަޅުތަކަށްފަހު، މި 3 ލީޑަރުންގެ މައްޗަށް މުސްތަގުބަލުގައި ޖިނާޢީ ދައުވާތައް އުފުލިގެން ދިއުމުގެ ފުރުސަތު އޮތް ކަމުގައެވެ.

ޗައިނާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ، ޓައިވާންގެ ބޮޑުވަޒީރު ސޫ ސެންގ ޗަންގއާއި، ފޮރިންގ މިނިސްޓަރު ޖީސެފް ވޫއާއި، ގާނޫނުހަދާ މަޖިލިހުގެ ރައީސް ޔޫ ސީ ކުން އެވެ. މިގޮތުން މި ތިން ލީޑަރުންނާއި އެބޭފުޅުންގެ އާއިލާތަކަށްވެސް ޗައިނާށާއި، ހޮންގކޮންގ އަދި މަކާއޯއަށް ވަނުން، ބޭޖިންގގައި ހުންނަ ޓައިވާން އެފެއާޒް އޮފީހުން މަނާކޮށްފައިވާކަން ވަނީ ހާމަ ކޮފައެވެ.

މިގޮތުން ޗައިނާއިން ހާމަ ކޮށްފައިވާ ގޮތުގައި، މި ތިން އޮފިޝަލުންގެ އާއިލާތަކުގެ އިތުރުން، މި ތިން އޮފިޝަލުންނާއި ގުޅުން އޮތް އެވެސް ކުންފުންޏަކަށްވެސް ޗައިނާގައި މަސައްކަތް ކުރާ ކުންފުންޏަކާއި އަދި ވަކި ފަރުދަކާ ގުޅުންހުރި އެއްވެސް ވިޔަފާރިއެއްވެސް ނުހިންނޭއެވެ. އަދި މިފަރާތްތަކާއި ގުޅުންހުރި ކުންފުނިތަކަށް ޗައިނާގައި ވިޔަފާރިކޮށް ފައިދާ ހޯދުންވެސް މަނާކުރެވިގެން ދާނެއެވެ.

ޗައިނާގެ ބޭޖިންގގައި ހުންނަ ޓައިވާން އެފެއާރސް އޮފީހުންވަނީ، ބޮޑުވަޒީރު ސޫ އާއި، ގާނޫނުހަދާ މަޖިލިހުގެ ރައީސް ޔޫގެ މައްޗަށް، ޗައިނާއާއިމެދު ޓައިވާންގައި ނަފްރަތު އުފެއްދުމަށް މަސައްކަތް ކުރަމުންދާކަމުގެ ތުހުމަތުވެސް ކޮށްފައެވެ. އެހެންނަމަވެސް މި ތުހުމަތުތަކައި ޗައިނާއިން ޓައިވާންގެ ރައީސް ސާއި އިންގ ވެންގގެ ނަން ފާހަގަ ކޮށްފައެއް ނުވެއެވެ.

"އެބައެއްގެ ސަގާފަތާއި އުފެދި ބޮޑުވެގެން އައިގޮތް ހަދާން ނައްތާލާ، އެބައެއްގެ އަމިއްލަ އުފަން ބިމަށް ޚިޔާނާތްތެރިވެ، ވަކިވެގަތުމަށް މަސައްކަތް ކުރާ ބައެއް ނިމުން ރަގަޅެއް ނުވާނެ،" ޓައިވާން އެފެއާރސް އޮފީހުން ބުނެފައި ވެއެވެ.

ޗައިނާގެ މި ފިޔަވަޅުތަކާއި ގުޅިގެން ޓައިވާންއިން ބުނެފައިވަނީ، ބަދަލު ހިފުމުގެ ގޮތުން އެގައުމުންވެސް ފިޔަވަޅު އަޅާނެ ކަމުގައެވެ. ޗައިނާގެ މި ފިޔަވޅުތަކުގެ ނަތީޖާއެއްގެ ގޮތުން، ޓައިވާންގެ ސިޔާސީ ފަރާތްތަކަށް މާބޮޑު އަސަރުތަކެއް ކުރާނެ ކަމަށް ނުބެލެވެއެވެ. ސަބަބަކީ، ޓައިވާން ގިނަ ސިޔާސީ ފަރާތްތަކަކީ މިހާރުވެސް މެއިންލޭންޑް ޗައިނާއަށް ދަތުރު ނުކުރާ އަދި ޗައިނާގައި ވިޔަފާރިވެސް ނުކުރާ ފަރާތްތަކަށް ވާތީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.