ފައިނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 63 ޕަސެންޓް މަސައްކަތް ނިމިއްޖެ

ފައިނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 63 ޕަސެންޓް މަސައްކަތް ނިމިއްޖެ

Author
މުޙައްމަދު ޝަޒައިމް
04 ނޮވެމްބަރ 2021 11:36
0

ރ. ފައިނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ %63 މަސައްކަތް ނިމިއްޖެއެވެ.

އެމްޓީސީސީން ބުނެފައިވަނީ، ފައިނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 63 ޕަސެންޓް ނިމިފައިވާކަމަށެވެ. އަދި ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް 1 ނޮވެމްބަރ 2021 ވަނަ ދުވަހު ވަނީ ފަށިފައިކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

ފައިނުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން ގިރަމުންދާ ސަރަޙައްދަށް 8100 ކިއުބިކް މީޓަރުގެ ވެލި އެޅުމާ، 250 މީޓަރު ސަރަޙައްދުގައި ޖިއޯބޭގް ނުވަތަ ވެލި ބަސްތާ ޖަހައިގެން ޙިމާޔަތްކުރުން ހިމެނެއެވެ.

މިއީ 8.96 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. މި މަސައްކަތް ނިންމުމަށް ހަވާލުކޮށްފަނީ 6 މަސް ދުވަހުގެ ތެރޭގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.