ޓިއުނީޝިއާގައި ހުންނަވާ ފްރާންސް ސަފީރުގެ ގެކޮޅު ކައިރިން ބިމުއަޑީގެ ޓަނަލެއް ފެނިގެން ތަހުގީގު ކުރަން ފަށައިފި

ޓިއުނީޝިއާގައި ހުންނަވާ ފްރާންސް ސަފީރުގެ ގެކޮޅު ކައިރިން ބިމުއަޑީގެ ޓަނަލެއް ފެނިގެން ތަހުގީގު ކުރަން ފަށައިފި

Author
ހުސެއިން
03 ނޮވެމްބަރ 2021 05:12
0

ޓިއުނީޝިއާގައި ހުންނަވާ ފްރާންސްގެ ސަފީރުގެ ގެކޮޅު ކައިރީގައި ހުންނަ، ހައްދު ފަހަނައަޅާގައިވާ މީހަކު ބޭނުންކުރާ ގެއެއްގެ، ބިމު އަޑިން ދަތުރު ކުރެވޭ ގޮތަށް ހަދާފައި ހުރި ޓަނަލެއް ފެނިގެން، ޓިއުނީޝިއާގެ އެންޓި ޓެރަރިޒަމް ފޯސްތަކުން ތަހުގީގުކުރަން ފަށާފައި ވާކަމަށް ޓިއުނީޝިއާގެ އިންޓީރިއަރ މިނިސްޓްރީން ބުނެފިއެވެ.

މި މައްސަލައާއި ގުޅޭގޮތުން ފްރާންސްގެ ޑިޕްލޮމޭޓުން މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.

ޓިއުނީޝީއާގެ ސަލާމަތީ ބާރުތަކުން ފަހަކަށްއައިސް ވަނީ، ހަގުރާމަވެރިންގެ ގިނަ ހަރަކާތްތައް ހުއްޓުމަކަށް ގެނެސްފައެވެ. އަދި ހަގުރާމަވެރިންނާ ދެކޮޅަށް މަސައްކަތް ކުމުގައި ގިނަ ކުރިއެރުންތަކެއްވެސް ޓީއުނީޝިއާގެ ސަލާމަތީ ބާރުތަކުން ހޯދާފައިވާ ކަމަށްވެސް ހުޅަގުގެ ޑިޕްލޮމެޓިކް ފަރާތްތަކުން ބުނެފައި ވެއެވެ.

ފަހަކަށް އައިސް ޓިއުނީޝިއާގައި ހަގުރާމަވެރިން އެންމެ ވަރުގަދަ ހަމަލާއެއް ދީފައިވަނި 2015 ވަނަ އަހަރު މިއުޒިއަމަކަށާއި އަދި ސޯއްސޭގައި އޮންނަ ބީޗް ރިސޯޓެއްގައި ދިން ހަމަލާތަކުގައެވެ. މި ހަމަލާތަކުގައި އެތައް ބަޔަކު މަރުވެފައި ވެއެވެ.

ޓިއުނީޝިއާގައި ހުންނަވާ ފްރާންސްގެ ސަފީރު ހުންނަވަނީ، މުއްސަދިން ދިރިއުޅޭ ސަރަހައްދެއް ކަމުގައިވާ ލާ މަރުސާގައެވެ. މިގޭގެ ދެފަރާތުން ހުންނަނީ އަމިއްލަ މީހުން ދިރިއުޅޭ ދެ ގެއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.