ބިލެއްފަހި ބަނދަރުގެ 53 އިންސައްތަ މަސައްކަތް ނިމިއްޖެ

ބިލެއްފަހި ބަނދަރުގެ 53 އިންސައްތަ މަސައްކަތް ނިމިއްޖެ

Author
މުޙައްމަދު ޝަޒައިމް
02 ނޮވެމްބަރ 2021 08:26
0

އެމްޓީސީސީން ތަރައްޤީ ކުރަމުންދާ ށ.ބިލެއްފަހި ބަނދަރު މަސައްކަތުގެ 53 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.

ށ. ބިލެއްފަހި ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ 10 ޑިސެމްބަރު 2019 ގައެވެ. އަދި މި މަޝްރޫޢުގެ އަމަލީ މަސައްކަތްތައް އެކުންފުނިން ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ.

އެމްޓީސީސީން މިއަދު ބުނެފައިވަނީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 53 ޕަސެންޓް ނިމިފައިވާކަމަށެވެ. އަދި އެއްގަމުތޮށި ލުމުގެ މަސައްކަތް 30 އޮކްޓޯބަރ 2021 ވަނަ ދުވަހު ވަނީ ނިމިފައި ކަމަށާއި، އަދި މިހާރު ކުރިއަށްދަނީ ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކަމުގައެވެ.

މި މަޝްރޫއުގެ ދަށުން 40,576 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 376 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 98 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި 1,150 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގައި އެކުންފުނިން ކުރާނެ އެވެ،

ބިލެއްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުކީ 31.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.