މަޙުމޫދު މަރާލި ސާލިމްގެ ބަންދަށް އިތުރު 15 ދުވަސް

މަޙުމޫދު މަރާލި ސާލިމްގެ ބަންދަށް އިތުރު 15 ދުވަސް

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަޙުމޫދު އަބޫބަކުރު މަރާލި މައްސަލާގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝް މީހާގެ ބަންދަށް އިތުރު 15 ދުވަސް ކޯޓުން ދީފިއެވެ. މަޙުމޫދު އަބޫބަކުރުގެ މަރާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ އެ ރަށުގައި އުޅޭ ބަންގްލަދޭޝަށް ނިސްބަތްވާ ޝާ އޮލަމް މިއާއެވެ.

މަޙުމޫދުގެ މަރާއި ގުޅިގެން މި މިހާ ހައްޔަރުކުރީ މަޙުމޫދު މަރާލުމަށް ފަހު އެއްލާލާފައި އޮއްވާ ފެނުނުތާ އެއްދުވަސް ފަހުންނެވެ. އޭރު އޭނާ ހައްޔަރުކޮށް ދަނގެތީ ކޯޓަށް ގެންދިޔުމުން އެ ކޯޓުންވެސް ވަނީ އޭރު 15 ދުވަހުގެ މުއްދަތެއް ދީފައެވެ. މަޙުމޫދު އަބޫބަކުރު މަރާލާ ފަޅުގެއެއްގެ ތެރޭގައި ހުރި ވަޅަކަށް އެއްލާލާފައި އޮއްވާ ފެނިފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. މަޙުމޫދު ހަށިގަނޑަަށް ވަޅިން ޙަލަމާދީ ބޮޑެތި ޒަޙަމްތަކެއް ދީފައިވެއެވެ.

މަޙުމޫދުގެ މަރާއި ގުޅިގެން ފުރަތަމަ ޝައްކުކުރެވުނީ އެރަށުގައި އުޅުނު އހެން ދެމީހެއްގެ މައްޗަށެވެ. އަދި އެކަމުގައި ހިނގި ހިތްހަމަނުޖެހުމުގެ ތެރެއިން ފުލުހުން ވަނީ އެ ދެމީހުން ބެލުމުގެ ދަށަށް ގެނެސް އެ ރަށުން ބާލާފައެވެ. މަޙުމޫދުގެ މަރާއި ގުޅިގެން ބަންގަލޭޝް މީހާގެ މައްޗަށް ޝައްކުވެ ފުލުހުން އެނާ ހައްޔަރުކުރީ މިމިހާ ދިރިއުޅޭ ގޭކައިރިން އެރޭ ދިޔަ މީހަކު ހިއްސާކުރި މައުލޫމާތުތަކާއި ގުޅިގެންނެވެ.

މި މައްސަލާގައި ފުލުހުން އެންމެ ފަހުން އާއްމުކުރި މައުލޫމާތުން އެނގޭގޮތުގައި މި މީހާ މަޙުމޫދު މަރާލީ އޭނާ އަތުން ފައިސާ ހޯދަން އުޅުމުގެ ތެރޭގައެވެ. އަދި މަރާލުމަށްފަހު ބޮލާއި ފައި ގޯންޏަކުން ބަނދެ ފަޅުގޭތެރޭގައި ހުރި ވަޅަށް އެއްލާލީވެސް މީމީހާ އެކަނި ގޮހެވެ. އަދި މިކަމުގައި އިތުރު އެއްވެސް މީހެެއްގެ ބައިވެރިވުން އޮތްކަން ތަހުޤީޤަށް ފާހަގަވެފައި ނުވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލާގައި މީ މިހާ ހައްޔަރުކުރުމަށްފަހު ހާދިސާ ހިނގި ތަންތަނަށް ގެންދިޔުމުން އެނާ ވަނީ އެކަން ކުރި ގޮތް ފުލުހުންނަށް ކިޔާދީފައެވެ. އަދި އޭގެއިތުރުންވެސް ގިނަ ހެކިތަކެއް ފުލުހުން ވަނީ ހޯދާފައެވެ. އޭގެތެރޭގައި މަޙުމޫދަށް ޙަމަލާދިނުމަށް ބޭނުންކުރިކަމަށް ޝައްކުކުރެވޭ ތަކެތިވެސް ހިމެނެއެވެ. އަދި މަޙުމޫދުގެ ފޯނާ ވޮލެޓު ވަޅުލާފައި އޮއްވާ އެތަކެތިވެސް ފުލުހުންވަނީ މިމިހާ ދިން މައުލޫމާތުގެ އަލީގައި ހޯދާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *