45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް އެދިފި

45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް އެދިފި

Author
މުޙައްމަދު ޝަޒައިމް
01 ނޮވެމްބަރ 2021 08:50
0

ލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލަރޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މިއަދު ހެނދުނު ހުދު ސަމާލު ނެރެފައި ވަނީ މާލެ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ސަރަހައްދުތަކަށެވެ.

މިއަދު މެންދުރުފަހު 14:00 އާއި ހަމައަށް ނެރެފައިވާ ހުދު ސަމާލު ބުނާ ގޮތުގައި ހުދު ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއޮ 24 މޭލާއި ދެމެދުގައި ބާރުމިނެއްގައި ވައި ޖެހޭނެއެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ. ހުދު ސަމާލު ނެރެފައިވާ ސަރަހައްދުތަކުގެ މޫސުން އާއްމު ގޮތެއްގައި ގަދަވާނެ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

އުތުރުގެ އަތޮޅުތަކަށް މެންދުރު ކުރީގެ ވަގުތުތަކުގައި މޫސުން އާންމުގޮތެއްގައި ރަނގަޅު ވާނެއެވެ. ނަމަވެސް މެންދުރުފަހު ބައެއް ރަށްތަކަަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.