ދުވާފަރު މަގުހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމިއްޖެ

ދުވާފަރު މަގުހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމިއްޖެ

Author
މުޙައްމަދު ޝަޒައިމް
31 އޮކްޓޯބަރ 2021 03:21
0

ރ. ދުވާފަރުގައި ކުރިއަށްގެންދިޔަ މަގުހެދުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފިއެވެ.

ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމިފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ. އެމްޓީސީސީން ކުރިޔަށްގެންދާ މި މަޝްރޫޢުގެ ދަށުން ފައިމަގުގައި ހިނގޭގޮތަށް 6،813.08 އަކަ މީޓަރުގެ ސަރަޙައްދެއް ވަނީ ތަރައްޤީ ކޮށްފައެވެ. އަދި މަގުގައި ދުއްވުމަށް 25513 އަކަ މީޓަރުގެ ސަރަޙައްދެއް ތަރައްޤީ ކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

ދުވާފަރު މަގުތައް ހެދުމުގައި ބޭނުންކުރާނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ބޭނުންކުރާފަދަ އިންފިލްޓްރޭޝަން ސްޓޯމްވޯޓަރ ސިސްޓަމްގެ ޑިޒައިންނާއި އެއްގޮތަށް ފަރުމާކޮށްފައިވާ އިންފިލްޓްރޭޝަން ސިސްޓަމެއްކަމަށް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ. މި ސިސްޓަމް މެދުވެރިކޮށް ވާރޭވެހިގެން މަގުތަކަށް ޖަމާވާ ފެން، ރަށުން ބޭރަށް މޫދަށް ޕަމްޕްކޮށްދިނުމުގެ ބަދަލުގައި ރަށުގެ މީރުފެން ފަށަލައަށް ފިލްޓަރވެގެންދާނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

އެ މަޝްރޫއަކީ 43.05 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.