މިނިވަން މުއައްސަސާތަކުގެ ނިންމުންތަކަށް މަޖިލިސް ރައީސަށް ނުފޫޒު ނުފޯރުވޭނެ: ހައިލަމް

މިނިވަން މުއައްސަސާތަކުގެ ނިންމުންތަކަށް މަޖިލިސް ރައީސަށް ނުފޫޒު ނުފޯރުވޭނެ: ހައިލަމް

Author
މުޙައްމަދު ޝަޒައިމް
29 އޮކްޓޯބަރ 2021 06:54
0

ރާއްޖޭގެ މިނިވަން މުއައްސަސާތަކުން ނިންމާ ނިންމުންތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ނުފޫޒު ނުފޯރުވޭނެކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސްޤާޞީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ކުޑަކުދިންގެ ހިޔާގައި 2017 ވަނަ އަހަރު ހިނގި ހާދިސާއަކާއި ގުޅިގެން އޭރުގެ ޖެންޑާއާއި، ފުލުހުންގެ ވެރިންނަށް ތިބި ބޭފުޅުންނަށް ދައުވާ ކުރުމަށް އެޗްއާރުސީއެމްއިން ފޮނުވި މައްސަލާގައި ރައީސް ނަޝީދުވަނީ މިއަދު ފާޑުވިދާޅު ވެފައެވެ. ރައީސް ނަޝީދު ވަނި މިމައްސަލާގައި ދައުވާ ކުރުމަށް ފޮނުވާފައިވާ ކުރީގެ މިނިސްޓަރ ޒެނީޝާގެ ދިފާއުގައި ވިދާޅުވީ ޒެނީޝާއަށް ދައުވާކޮށްގެން ދިވެހި މުޖުތަމައަށް ލިބޭނެ އިތުރު ރަނގަޅެއް ނުފެންކަމަށެވެ. މިކަމުގައި އެންމެ ބުއްދިވެރި ގޮތަކީ ޒެނީޝާއަށް ކުރާ ދައުވާ އެޗްއާރުސީއެމްއިން އަނބުރާ ގެންދިއުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މިވާހަތަކާއި ގުޅިގެން ހައިލަމް ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ނިންމުންތަކަށް މަޖިލީހުގެ ރައީސް ނުފޫޒުފޯރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ ޒިންމާ މަތިކުރެވިފައިވާ ފަރާތްތަކުން އިހުމާލުވާނަމަ ދައުވާކުރުމަކީ އެފަރާތަތައް ޒިންމާދާރުކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ހައިލަމް ވަނީ ވިދާޅުވެފައެވެ.

ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ ޒިންމާ މަތިކުރެވިފައިވާ ފަރާތްތަކުން އިހުމާލުވާނަމަ ދައުވާކުރުމަކީ އެފަރާތަތައް ޒިންމާދާރުކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް. މިނިވަން މުއައްސަސާތަކުގެ ނިންމުންތަކަށް މަޖިލީހުގެ ރައީސް ނުފޫޒުފޯރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން.

– ހައިލަމް ވިދާޅުވިއެވެ.

ޒެނީޝާއަށް ކުރާ ދަޢުވާ އަނބުރާ ގެންދެވުމަކީ އެންމެ ބުއްދިވެރި ގޮތް: ނަޝީދު

މިމައްސަލާގައި އެޗްއާރުސީއެމްއިން ވަނީ ބަޔާނެއް ނެރެފައެވެ. އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައިވަނީ އެންޓި ޓޯޗަރ ޤާނޫނާއި ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގެ ދަށުން އެކޮމިޝަނަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައްޔާއި، ހުށަހެޅޭ މައްސަލަތައް ތަހުގީގުކުރުމުގައި، އެއްވެސް ފަރާތަކާމެދު ޒާތީ ތަޢައްޞުބެއް ނޯންނާނޭކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާކަމަށެވެ. އަދި މައްސަލަތަކުގައި ގޮތް ނިންމަނީ ހަމައެކަނި ކުރިމަތީގައިވާ ހެކީގެ މައްޗަށް ބުރަވެ، އިންސާފުވެރިކަމާއި، ޢަދުލުވެރިކަމާ އަދި ނަޒާހާތްތެރިކަމާ އެކުގައިކަމަށެވެ.

އަދި ހަމައެހެންމެ، އެންޓި ޓޯޗަރ ޤާނޫނުގެ ދަށުން އެކޮމިޝަނުގެ ފަރާތުން ތަހުގީގުކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭގޮތުން މީޑިއާތަކުން އެދިގެން މިކޮމިޝަނުން މިހާތަނަށް ފޯރުކޮށްދީފައިވާ އެއްވެސް މަޢުލޫމާތެއްގައި އެއްވެސް ފަރާތެއްގެ ނަމެއް ނުވަތަ ޒާތީ މައުލޫމާތެއްވެސް ހާމަކޮށްފައި ނުވާނެކަމަށް އެޗްއާރުސީއެމްއިން ވަނި ބުނެފައެވެ. އަދި ވަކި މައްސަލައެއްގެ ތަހުގީގު ނިންމައި މައްސަލައިގެ ލިޔުންތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، މީޑިއާތަކުން ޚަބަރުތައް ގެނެސްދެއްވުމުގައި، އެ މައްސަލައެއްގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ޙައްޤަކަށް އެއްވެސް އަސަރެއް ނުކުރާނޭ މޭރުމަކުން ޚަބަރުތައް ގެނެސްދެއްވުމަށް ވަނީ އިލްތުމާސް ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އިބްރާހިމް
ގޭންގު ތަކުން ލިބުނު ލާރިގަޑު ކަމުން އެހެން މީހުންގެ ވާހަކަ ދައްކަން ތީ ކާކު ހެއްޔެވެ؟
މ މުންޖިޗޭ
މިއަދު ތިވާހަކަ ދައްކާއިރު ނުފޫޒުގައި ޖެހިގެން މައްސަލަތަކުގައި ނިންމުންތައް ނިންމަންޖެހޭ ދަނޑިވަޅުތަކުގައި ނުނިންމުމުގެ ސަބަބުން ކިތައްމީހުންގެ ޙައްޤުތައް ގެއްލިފައިވާކަން އެނގޭބާ؟ ރައީސް ޔާމީންގެ މައްސަލައިގައިވެސް މިހާރު އެޖެހޭ ހުރިހާ ޓްރަބަލްއަކީ އިބްތިދާއީ މަރުޙަލާގައި ދިފާޢީ ހުށަހެޅުންތަކަށް ގޮތެއް ނުނިންމުމުގެ ސަބަބުންކަން ޖެހޭ ޓްރަބަލްކަން ޔަޤީން.
ޢ ޢަވާމެނދުރު
ޭދެންދެރަކަމަކޭ ހިޔާލެއްލިޔަސް ބައެތްހިޔާލުހުންނަނީފެންނަން
ޢ ޢަވާމެނދުރު
ދުނިޔޭގަނަސީދުބޭނުންވަނީވިއްޔާބޭނުންވާހާކަމެތްބޭނުންގޮތަކަން ކަންތައްދަނީވަމުންހަލާލެއްހަރާމެއް ރަގަޅެއްނުރަގަޅެއްވެސް ބެލުމެންނެތި އަދިއެހާއިހޒަތުގާ އުޅެނޭވެސް ރައްޔިތުންގެހަރަދުގާނަމަވެސް އޭނަޔާމެދުފިޔަވަޅުއަޅާމީހަކުވެސްނެތ އެޅެވޭކަެްވެސްނޯވެއެތްމެންއޭނަޔާގރންހެސްގަތްފަ ދެންމަހުސަރުދުވަހުންވާނެގޮތެއްނޭގެ ދެނެބޮޑިގެންވަނީހަމައެކަނި އެތްމެހާއާލަމޮތަކުގެވެރިރަސްކަލާންގެ
އ އެހެންނަމަވެސް
ރާއްޖޭގައިި ބާރުގަދަަ ނުފޫޒުގަދަަ މީހުންް ގާނޫނަށްް ގަވައިދަށްް ތަބާވުމުގެެ ބަދަލުގަަ ގާނޫނާއިި ގަވާއިދުު ޖެހެނީީ އެމީހުންނަށްް ތަބާވާންް މީއިންސާފުގެެ ނަމޫނާާ ގައުމެއްް ހުރިހާަ ވެރިންތައްް ހީވަނީީ ބޯޓްދަތުކުރާބަޔެއްހެންް އެއްތާކުޖެހިފަަ އަނެއްތާކައްް ގައުމުގެެ ރައްޔިތުންް ހަނާވަނީީ މިމީހުންް ބަލަނީީ ރައްޔިތުންް ޖޫރިމަނާކުރެވޭނެެ ގޮތްތައްް އެމީހުންގެެ ހިތަކަށްް އެއްފަހަރުވެސްް ނާރާރައްޔިތަކަށްް އަމިއްލަމަސައްކަތުންް ދިރިއުމަށްް މަގުދައްކާކަށްް އަބަދުު ޖޫރިމަނާާ ޖޫރިމަނާާ